ދިވެހިރާއްޖެ
VAM/IL/2020/7002
އިޢުލާން
2020ވަނަ އަހަރުގެ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމާބެހޭ
2020 ވަނަ އަހަރު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ޝެޑިއުލް ކޮއްފައިވާ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް 22 މާރޗް އިން 02 އޭޕްރިލް ގެ ނިޔަލަށް މާލޭގެ ޔޫތުސެންޓަރގެ އިންޑޯހޯލްގައި ބޭއްވުމައް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވެވޭ އުމުރު ފުރާތަކަކީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފޮނުވާފައިވާ ސަރކިއުލަރ ނަންބަރ 22-E/CIR/2020/15 ގައި ކަނޑައަޅާފައިވާ އުމުރުފުރާތަކެވެ. އެގޮތުން ބައިވެރިވެވޭ އުމުރުފުރާތައް ތިރީގައި މިވަނީ އެވެ.
· 13 އަހަރުން ދަށުގެ އުމުރުފުރާ – 2020 ވަނަ އަހަރު 13 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވެވޭނީ 2020 ޑިސެމްބަރ 31 ގެ ނިޔަލަށް 13 އަހަރު ނުފުރޭ ދަރިވަރުންނަށެވެ.
· 15 އަހަރުން ދަށުގެ އުމުރުފުރާ – 2020 ވަނަ އަހަރު 15 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވެވޭނީ 2020 ޑިސެމްބަރ 31 ގެ ނިޔަލަށް 15 އަހަރު ނުފުރޭ ދަރިވަރުންނަށެވެ.
· 17 އަހަރުން ދަށުގެ އުމުރުފުރާ – 2020 ވަނަ އަހަރު 17 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވެވޭނީ 2020 ޑިސެމްބަރ 31 ގެ ނިޔަލަށް 17 އަހަރު ނުފުރޭ ދަރިވަރުންނަށެވެ.
· 19 އަހަރުން ދަށުގެ އުމުރުފުރާ – 2020 ވަނަ އަހަރު 19 އަހަރުން ދަށުގެ އުމުރުފުރާގައި ބައިވެރިވެވޭނީ 2020 ޑިސެމްބަރ 31 ގެ ނިޔަލަށް 19 އަހަރު ނުފުރޭ ދަރިވަރުންނަށެވެ.
އިތުރު މައުލޫމާތެއް ބޭނުންފުޅުވެލައްވާނަމަ މި އެސޯސިއޭޝަންގެ ނަންބަރ 3317015 އާއި ގުޅުއްވުން އެދެމެވެ.
09 ފެބްރުއަރީ 2020