ދިވެހިރާއްޖެ
ޤައުމީ ކުތުބުޚާނާ ހިންގަމުންދާ މިއުޒިއަމް ބިލްޑިންގ އޭ ބްލޮކް އިމާރާތާއި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ އިމާރާތުގައި ހަރުކޮށްފައިވާ އެއާރކޯނުތައް ކޮންޓްރެކްޓް އުސޫލުން މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރި މިއޮފީހުގެ ނަންބަރ: (05.02.2020)(IUL)56-CAS/56/2020/6) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2020 ފެބުރުވަރީ 18 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިކުތުބުޚާނާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2020 ފެބުރުވަރީ 20 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި އަގު ހުށަހެޅުވުމަށް ވަޑައިގަންނަވަންޖެހޭ ޤައުމީކުތުބުޚާނާގެ އެޑްރެސް ތިރީގައި މިވަނީއެވެ.
ޤައުމީކުތުބުޚާނާ ( މިއުޒިއަމް ބިލްޑިންގ އޭ ބުލޮކް )
މެދުޒިޔާރަތް މަގު، މާލެ ( ސަލްޓަން ޕާރކް އިރު އުތުރު ކަންމަތި )
18 ޖުމާދަލްއާޚިރާ 1441