ވަޒީފާގެ ފުރުޞަތު
ނަންބަރު: IUMH-AD/I/2020/22
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 11:10
ސުންގަޑި: 20 ފެބުރުވަރީ 2020 14:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސުޕަރވައިޒަރ - އައިޔޫއެމް ކެންޓީން

ވަޒީފާގެ ފުރުސަތު

މިކުންފުނީގެ ފަރާތުން 29 ޖެނުއަރީ 2020 ގައި ކޮށްފައިވާ ނަންބަރު IUMH-AD/I/2020/09 އިޢުލާނަށް އެކަށީގެންވާ މިންވަރަށް އެޕްލިކޭޝަން ލިބިފައިނުވުމުން މި މަޤާމަށް އަލުން އިއުލާންކުރަމެވެ.

ނަންބަރު:IUMH-AD/I/2020/22

މަޤާމު:

ސުޕަރވައިޒަރ

 ބޭނުންވާ ޢަދަދު : 1

މުސާރަޔާއި އިނާޔަތްތައް:

  • 6,000.00 – 8500.00 ރުފިޔާ

މަޤާމުގެ ގިންތި:

  • ވަގުތީ - މަޤާމަށް މުވައްޒަފު އައްޔަން ކުރެވޭ ތާރީޚުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް

(ނޯޓު: މަސައްކަތުގެ ފެންވަރާއި މުވައްޒަފުގެ ހުނަރަށް ބަލާ، އެއް އަހަރު ދުވަހުގެ ފަހުން ކޮންޓްރެކްޓް އާކުރުމަށް މެނޭޖްމަންޓް އިން ބޭނުންވާކަމުގައިވާނަމަ އަދި މުވައްޒަފު އެދޭނަމަ ކޮންޓްރެކްޓް އާކުރެވޭނެއެވެ.)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިތީގެ ކެންޓީން

މަޤާމުގެ ޝަރްޠުތައް:

  1. މަތި ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ،
  2. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު އޭގެ އިތުރުން ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  3. އިންޓަވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން
  4. ދިވެހިބަހާއި އިނގެރޭސިބަހުން ފަރިތަކޮށް ލިޔެ މުޢާމަލާތް ކުރަން އެނގުން.
  1. ހީވާގި މުރާލިކަމާއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން
  1. ނަޒާހަތްތެރި ރަގަޅު އަޚްލާގެއްގެވެރި މީހަކަށްވުން

މަޤާމުގެ މަސްއޫލިއްޔަތު:

  • ޚިދުމަތް ހޯދަން އަންނަ ފަރާތްތަކާއި ރީތިބަހުން މުޢާމަލާތް ކުރުން.
  • މަސައްކަތުގައި ގެންގުޅޭ ތަކެތި ފަރުވާތެރިކަމާއެކު ބަލަހައްޓާކަން ޔަޤީންކުރުން.
  • ކައްކާ، ކިޗަން ހެލްޕަރޒް، ވެއިޓަރޒް އަދި ކޭޝިއަރޒްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެންމެ ފުރިހަމައަށްތޯ ބަލާ ސުޕަރވައިޒްކުރުން.
  • ކެންޓީންގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ ޕަރފޯމަންސް އެނަލައިޒްކުރުން.
  • ކެންޓީން ހިންގުމަށް ދަތިތަކެއް ކުރިމަތިވާކަމުގައިވާނަމަ ވީ އެންމެ އަވަހަށް ކުންފުންޏަށް ހިއްސާ ކުރެއްވުމާއި، ދަތިތަށް ހައްލުކުރުން
  • ކެންޓީން ހިނގަމުންދާ ގޮތުގެ ޑެއިލީ އަޕްޑޭޓްސް ކުންފުންޏަށް ދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.
  • މަޑުމައިތިރިކަމާއެކު މުޢާމަލާތު ކުރެވޭ ފަރާތްތައް.
  • މައިކްރޯސޮފްޓް އޮފިސް ޕެކޭޖް އަދި ޕީއޯއެސް ބޭނުންކުރަން އެނގޭ ފަރާތްތައް.

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

މިމަގާމަށް ޝައުގުވެރިވެ ލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.

  • ފުރިހަމަ ކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު އައި.ޔޫ.އެމް ހޯލްޑިންގސްއިން  ލިބެން ހުންނާނެއެވެ.)
  • ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓޭ)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • އަދާކުރައްވާފައިވާ ނުވަތަ އަދާކުރައްވަމުން ގެންދަވާ ވަޒީފާއާ ގުޅޭ މަޢުލޫމާތު އެނގޭނެ ރަސްމީ ލިޔުމުގެ ކޮޕީ
  • ވަޒީފާއަށް އެދި ހާޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުން ހުށަހަޅުއްވާނީ އައި.ޔޫ.އެމް ހޯލްޑިންގސްއަށެވެ. އީމެއިލް މެދުވެރިކޮށް [email protected] އަށް ވެސް އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
  • އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 20 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 14:00 އެވެ.
  • މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ހެނދުނު 08:00 އާއި މެންދުރު 14:00 އާއި ދެމެދު 3022161 އަށް ގުޅުއްވުން އެދެމެވެ.

                                 12 ފެބްރުއަރީ 2020

12 ފެބުރުވަރީ 2020