މުބާރާތް
ނަންބަރު: (IUL)370-CASA/370/2020/9
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 23:29
ސުންގަޑި: 20 ފެބުރުވަރީ 2020 14:00
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ރަށު ފެންވަރުގައި ފާހަގަކުރުމާއި ގުޅޭ:

 c

&

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީކައުންސިލްގެ އިދާރާ

ފ. ފީއަލީ،

             ދިވެހިރާއްޖެ.   

                                    ނަންބަރ: (IUL)370-CASA/370/2020/9

 

    

 

އިއުލާން

 

 

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ރަށު ފެންވަރުގައި ފާހަގަކުރުމާއި ގުޅޭ:

 

2020 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ރަށު ފެންވަރުގައި ފާހަގަކުރުމަށް ވަނީ ނިންމާފައެވެ. މި ދުވަސް ފާހަގަކުރުމަށް ރޭވިފައިވާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ޢާންމުކޮށް ހުޅުވާލެވިފައެވެ. މި ހަރަކާތްތަކުގައި ބައިވެރިވެވޭނީ މިކަމަށް ފީއަލީ ކައުންސިލް އިދާރާގެ ފަރާތުން ދޫކުރާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުންނެވެ.

  • ·        ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތައް ސަމާލުކަން ދޭންޖެހޭ ކަންތައްތައް:

1.     ހަރަކާތްތަކުގައި ބައިވެރިވެވޭނީ 07 މީހުންގެ ޓީމަކަށްށެވެ. އެއީ، ޓާސްޓުތަކަށް އެރުމަށް 05 މީހުންނާއި އިތުރު 02 ރިޒާވް ބައިވެރިންނަށެވެ. 

2.     އަންހެނުންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވޭނީ، ކައުންސިލް އިދާރާއިން ދޫކުރާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުމުންނެވެ.

3.     ޓީމް ލިސްޓުގައި ހިމެނޭ ފަރާތްތައް ފިޔަވައި އިތުރު އެއްވެސް ފަރާތަކަށް ހަރަކާތްތަކުގައި ބައިވެރިއެއް ނުވެވޭނެއެވެ.

4.     ހަރަކާތްތައް ކުރިއަށްދާ ގޮތުގެ ސެޑިއުލެއް ބައިވެރިވާ ކޮންމެ ޓީމަކަށްވެސް ހަވާލުކުރެވޭނެއެވެ.

5.     ޝެޑިއުލްގައިވާ ގަޑިތަކާއި އެއްގޮތަށް ކޮންމެ ހަރަކާތެއްވެސް ފެށިގެން ކުރިއަށްދާނެއެވެ.

  • ·        ހަރަކާތްތަކުގެ ވަނަ ހޮވުން:

1.     ކުދި އަދި ބޮޑެތި ޓާސްކުތަކުން ވަނަ ވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމާއި އަދި އެހެނިހެން އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ބޮޑު ޓާސްކުން 01 ވަނަ އަށްދާ ޓީމަކަށް -/1000 ރުފިޔާ، 02 ވަނަ އަށްދާ ޓީމަކަށް -/800 ރުފިޔާ އަދި 03 ވަނަ އަށްދާ ޓީމަކަށް -/600 ރުފިޔާ ދިނުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ މި ހަރަކާތްތަކުގައި ބައިވެރިވެލައްވަން ބޭނުންވާ ފަރާތްތަކުން 2020 ފެބްރުއަރީ 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ހަރަކާތްތަކުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރުމަށްފަހު މި ކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ.

 

 16 ޖުމާދުލްއާޙިރާ 1441

10 ފެބްރުއަރީ  2020

 

 

 

 

އަހްމަދު އާދަމް

                                                   ކައުންސިލްގެ މެންބަރު                             

10 ފެބުރުވަރީ 2020