ދިވެހިރާއްޖެ
އިޢުލާން
1441 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ތަރާވީޚް ނަމާދު ކުރުމަށް ޙާފިޡަކު ގެނައުމުގައި އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލުން
ކުރީ އަހަރުތަކެކޭ އެއްގޮތަށް 1441 ވަނަ އަހަރުގެ ރަމަޟާންމަހު މިރަށު "މަސްޖިދުލް ސަލާމް" މިސްކިތުގައި އިމާމުވެ ތަރާވީޙު ނަމާދު ކުރާނެ ޙާފިޡަކު ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
ޙާފިޡު ގެނައުމާއި ރަށުގައި ޙާފިޡު ބެހެއްޓުމުގެ ކަންކަމުގައި އެހީތެރިވާން އެދޭ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
މިކަމުގައި އެހީތެރިވާން އެދޭ ފަރާތްތަކުން 05 މާރޗް 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00ގެ ކުރިން މިއިދާރާއަށް ޙާޟިރުވެ ނުވަތަ މިއިދާރާގެ ނަންބަރު 4009835 ފޯނަށް ގުޅުއްވައިގެން ކުރިޔަށް ގެންދެވުން އެދެމެވެ. ޙާފިޡު ގެނައުމުގައި އެހީތެރިވެވިދާނެ ކަންކަން ތިރީގައި އެވަނީއެވެ.
- ޙާފިޡު ގެނައުމުގެ 2 ކޮޅު ޓިކެޓުގެ އަގު ދިނުން.
- ޙާފިޡުގެ ކެއުން ހަމަޖައްސާއިދިނުން ނުވަތަ އެކަމަށް ހިނގާ ޚަރަދު ދިނުން
- މާލެއިން ރަށަށް ރަށުން މާލެއަށް ދަތުރު ހަމަޖައްސައިދިނުން ނުވަތަ އެކަމަށް ހިނގާ ޚަރަދު ދިނުން
- ޙާފިޡަށް ދޭންޖެހޭ އެލަވަންސްގެ ކަންކަން ހަމަޖައްސައި ދިނުން
- ޙާފިޡު ގެނައުމުގެ ޚަރަދުތައް ހަމަޖެއްސުމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުން
- އަދި މިނޫނަސް އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭން އެދޭނަމަ އެފުރުޞަތުވެސް އޮތް ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
12 ޖުމާދަލް އާޚިރް 1441