ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)335-AS/335/2020/11
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި:
31 ޑިސެންބަރު 2020 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އަމިއްލަ ފަރާތްތަކުން ހުއްދަނެތި ރުއްގަސް ކެނޑުމާގުޅޭ
އިޢުލާން
ރަށުގެ ހޭޅިފަށުގައި ނުވަތަ އަތިރިމަތި ސަރަޙައްދުގައި ހުންނަ އަމިއްލަ ފަރާތްތަކުގެ ރުއްގަސް މިކައުންސިލްގެ ހުއްދަ ނެތި ކަނޑާ، ނުވަތަ ނެގުމުން ތިމާވެއްޓަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީވެ އެއްވެސް ފަރާތަކުން މިފަދަ ކަންކަން ނުކުރެއްވުމަށް އަންގަމެވެ.
އަދި ގޯތިން ބޭރުގައި ހުންނަ އަމިއްލަ ފަރާތްތަކުގެ ރުކެއް، ނުވަތަ ގަހެއް ކަނޑަން ވެއްޖެނަމަ ޤަވާޢިދުން ހުއްދަ ހޯދުމަށް މިކައުންސިލަށް ހުށަހަޅަމުން ގެންދިއުމަށް ވެސް ދެންނެވީމެވެ.
10 ފެބުރުވަރީ 2020