ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)367/367/2020/18
ޕަބްލިޝްކުރި ތާރީޚް: 11 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 25 ފެބުރުވަރީ 2020 14:00
މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

އިޢުލާން

ތާރީޚް:

11 ފެބުރުއަރީ 2020

ނަންބަރު:

(IUL)367/367/2020/18

1441ވަނަ އަހަރު ރަމަޟާންމަހު ތަރާވީޚް ނަމާދު ހިފްޟުކޮށްކުރާނެ އިމާމެއް ހޯދުމާއި ގުޅޭ

1441 ވަނަ އަހަރު ރަމަޟާންމަހު ޚިފްޟުކޮށް ތަރާވީޚް ނަމާދު ކުރާނޭ އިމާމެއް ބޭނުންވެއްޖެއެވެ.

މަޤާމް:

އިމާމު

އޮފީސް / އިދާރާ:

މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ

ޔުނިޓް :

އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސަސް

ވަޒީފާ އަދާކުރަންޖެހޭތަން:

މ.ކޮޅުފުށީ ކައުންސިލްގެ އިދާރާ

ބޭނުންވާ ޢަދަދު:

01  

މުއްދަތު

01 ރަމަޟާން 1441 އިން އެ މަހުގެ ނިޔަލަށް

މުސާރަ

  • ކައުންސިލުންދޭ ދުވާލަކު -/500 (ފައްސަތޭކަރުފިޔާ)
  • މިނިސްޓުރީ އޮފް އިސްލާމިކް އެފެއާޒުން ދޭ ދުވާލަކު -/400 (ހަތަރުސަތޭކަ ރުފިޔާ)

އެލަވަސް

ހުރުމާއި ،ކެއުމާއި، އަދި ދަތުރު ޚަރަދު މުސާރައިގެ އިތުރުން ދެވޭނެއެވެ.

މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް

  • ރަމަޟާންމަހުގެ ކޮންމެރެއެއްގެ ޢިޝާނަމާދަށްފަހު ހިފްޟްކޮށް ތަރާވީހް ނަމާދު ކުރުން
  • ރަމަޟާން މަހުގެ ފަހު ދިހައެއްގެ ކޮންމެ ރެއެއްގައި ދަމުނަމާދު ކުރުން

ޝަރުތު

  • ހާފިޟު ކަމުގެ ސަނަދުއޮތުން
  • ދިވެއްސެއް ކަމުގައިވުން
  • ދީނީ ދަރުސް ދިނުމުގެ ޙުއްދަ އޮންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ލިބިފައިވާ ތައުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ (އަސްލާއެއްގޮތް ތައްގަނޑު ޖަހާފައި)
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ(އަސްލާއެއްގޮތް ތައްގަނޑު ޖަހާފައި)
  • ވަނަވަރު

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މިމަޤާމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 25 ފެބްރުއަރީ 2020 ދުވަހު 14:00ގެ ކުރިން މިއިދާރާއިން އެދިފައިވާ ލިޔެކިޔުންތަކާއިއެކު، ސިޓީއަކުން ހުށަހެޅުމަށް ދަންނަވަމެވެ.

 

11 ފެބުރުވަރީ 2020