ދިވެހިރާއްޖެ
No: (IUL)/SDFC-HR/2020/05
އިޢުލާން
ކަސްޓަމަރ ސަރވިސް ރިޕްރެޒެންޓޭޓިވް
ބޭނުންވާ ޢަދަދު: 1
އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ކަސްޓަމަރ ސަރވިސް ރިޕްރެޒެންޓޭޓިވް ވަޒީފާއަށް ޝައުޤުވެރިކަން ފާޅުކުރައްވައި ވަނަވަރު ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ވަޒީފާއާބެހޭ ޓާރމްސް އޮފް ރެފެރަންސް މި އިޢުލާނާއިއެކެ އެޓޭޗްކުރެވިފައިވާނެއެވެ.
ކުރިމަތިލުމުގެ ސުންގަޑި: މި ވަޒީފާއަށް ސިޓީ ފޮނުއްވުމުގެ އެންމެ ފަހު ތާރީޚަކީ 19 ފެބުރުވަރީ 2020 ވާ ބުދަ ދުވަހުގެ 14:00 އެވެ. ހުށަހަޅުއްވާ ސިޓީ، ސީ.ވީ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މި ކޯޕަރޭޝަނަށް އެޑްރެސްކުރައްވައި ހުށަހެޅުއްވުން އެދެމެވެ.
އެޕްލިކޭޝަން ހުށަހަޅުއްވާނީ ސީލްކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އެގޭގޮތަށް ”Application for customer service representative of SDFC“ މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 14:00–08:00 ދެމެދު 3306999 ނަންބަރު ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ހުށަހަޅަންވީ ތަން
ސަކީނާ މަންޒިލް ތިންވަނަ ފަންގިފިލާ
މެދުޒިޔާރަތްމަގު
މާލެ،ދިވެހިރާއްޖެ