ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)240-ADS/240/2020/4
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 08:42
ސުންގަޑި: 20 ފެބުރުވަރީ 2020 13:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ފްރަންޓް އޭރިޔާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއިގުޅޭ:

މިއިދާރާގެ ފްރަންޓް އޭރިޔާ މަރާމާތުކޮށް އެތަނަށް ބޭނުންވާ ބައެއް ސާމާނު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މިއިދާރަގެ ނަންބަރު (IUL)240-ADS/240/2019/52 (31 ޑިސެމްބަރ 2019) އިޢުލާނާއިގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގެ އަގުބޮޑުކަމަށް ފެންނާތީ އެއިޢުލާނާއިގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާޠިލްކޮށް، އަލުން އެފުރުޞަތު ހުޅުވާލީމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ބީލަންވެރިން، އެފަރާތްތަކުން ރަޖިސްޓްރީވުމަށްޓަކައި މިއިދާރާއަށް ދައްކަންޖެހޭ -/200ރ (ދުއިސައްތަ ރުފިޔާ) ދެއްކެވުމަށްފަހު، ބީލަން ހުށަހެޅުއްވުން އެދެމެވެ. ބީލަންވެރިން ރަޖިސްޓްރީކުރުން ކުރިއަށްދާނީ 10 ފެބުރުވަރީ 2020 އިން 20 ފެބުރުވަރީ 2020 ވަނަ ދުވަހުގެ 12:00ގެ ނިޔަލަށެވެ. ބީލަން ފޮތް މިއިދާރާގެ ވެބްސައިޓު www.laamu.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި މަސައްކަތުގެ ޕްރީ ބިޑް މީޓިން އަދި ބީލަން ހުށަހެޅުން ހަމަޖެހިފައިވަނީ ތިރީގައި މިދަންނަވާ ތާރީހް ތަކުގައެވެ.

 

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

ޕްރީބިޑް މީޓިންގ

އަތޮޅު ކައުންސިލްގެ އިދާރާ

20 ފެބުރުވަރީ 2020

ބުރާސްފަތި

13:00

ބީލަން ހުށަހެޅުން

އަތޮޅު ކައުންސިލްގެ އިދާރާ

27 ފެބުރުވަރީ 2020

ބުރާސްފަތި

11:00

 

މަޢުލޫމާތު ދިނުމުގެ ސެސަނަށާއި (ޕްރީބިޑް މީޓިންގ)، ބިޑް ހުށަހެޅުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އެބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ.

10 ފެބުރުވަރީ 2020