ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)335-AS/335/2020/10
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 19 ފެބުރުވަރީ 2020 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

          މިކައުންސިލްގެ " ނަފާ ސްޕީޑް " ލޯންޗަށް ބޭނުންވާ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ އެވެ.

މަޤާމް:              ލޯންޗް ކެޕްޓަން

ބޭނުންވާ ޢަދަދު:         1

މަޤާމުގެ ގިންތި:         ދާއިމީ

ވަޒީފާ އަދާކުރަންޖެހޭތަން:    " ނަފާ ސްޕީޑް ލޯންޗް " ކ. ހިންމަފުށީ ކައުންސިލް

މުސާރަ:              މަހަކު -/10000 ރުފިޔާ

ކޮއްތު:               މަހަކު -/2400 ރުފިޔާ

މީގެ އިތުރުން ރަމަޟާން މަހުގެ ޢިނާޔަތު ފައިސާ ލިބިލައްވާނެ އެވެ.

މަޤާމުގެ ޝަރުޠުތައް:

  • ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުން.
  • ޢުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން.
  • ގްރޭޑް 7 ނިންމާފައިވުން ނުވަތަ އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން އެގުން.
  • ކަނޑުމަތީގައި ދަތުރުފަތުރު ކުރެވޭވަރުގެ ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތެއްގައިވާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ލޯންޗްގެ އެންމެހައި ކަންތައްތައް ހިންމަފުށީ ކައުންސިލުން އަންގަވާ ގޮތެއްގެމަތީން ފަޅުވެރިންނާއި ގުޅިގެން ބެލެހެއްޓުމުގެ އެންމެހާ ކަންތައް އިސްވެ ކުރުން.

2- ލޯންޗްގެ އެންމެހައި ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެތި ބެލެހެއްޓުން.

3- ލޯންޗް ސާފުތާހިރުކޮށް ބެލެހެއްޓުން

4- ލޯންޗްގައި ކުރަންޖެހޭ ހުރިހާ ދަތުރުތަކެއް ކުރަންޖެހޭ ގަޑިތަކުގައި ރައްކާތެރިކަމާއެކު ކުރުން.

5- ލޯންޗްގެ އިންޖީނު ސާފުކޮށް، ތެޔޮއަޅާ ޤަވާޢިދުން ބެލެހެއްޓުން.

6- ލޯންޗް ދަތުރަށް ފުރަންވުމުން ފަޅުވެރިންނަށް އެކަން އެންގުން.

7- ރަށެއްގެ ބަނދަރުގައި ލޯންޗް އޮންނައިރު ލޯންޗް ބެލެހެއްޓުމަށްޓަކައި މަދުވެގެން އެކަކު ލޯންޗްގައި މަޑުކުރާގޮތަށް ހަމަޖެއްސުން.

8- ލޯންޗް އެހެލާ ބޭލުމުގައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުން.

9- ލޯންޗް އަޅާއިރު މޫސުމަށް ބަލައިގެން ލޯންޗަށް ގެއްލުމެއް ނުލިބޭފަދަ ގޮތަކަށް ވާއަޅާ ބެލެހެއްޓުން.

10- ލޯންޗް ކުއްޔަށްހިފާ ފަރާތުން ގެންދަވާ އެންމެހައި މުދަލާއި ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

11- ލޯންޗްގައި ދަތުރުކުރާ މީހުން ލޯންޗަށް ނުވަތަ ލޯންޗްގެ ތަކެއްޗަށް ގެއްލުމެއް ދޭތޯބެލުމާއި ޤަވާޢިދާއި ޚިލާފުކަމެއް ކުރާތައް ފެނިއްޖެނަމަ އެކަމެއް ހުއްޓުވާ ކައުންސިލް އިދާރާގެވެރިއަކަށް އެކަން އެންގެވުން.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

      (ހ) މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ބާއްވާ އިންޓަރވިއުކުރުން އޮންނާނީ ކ. ހިންމަފުށީ ކައުންސިލްގެ އިދާރާގަ އެވެ.

      (ށ) އިންޓަރވިއު ކުރުން އޮންނާނެ ތާރީޚް އިޢުލާންގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި އެންގޭނެ އެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

(ހ)ވަޒީފާއަށް އެދޭ ފޯމާއި ހުށަހަޅަންޖެހޭ ލިއުންތައް ފުރިހަމަކުރެއްވުމަށްފަހު 19 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ހިންމަފުށީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-  ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަންފޯމް ލިބެން ހުންނާނީ ހިންމަފުށީ ކައުންސިލްގެ އިދާރާއިންނެވެ. )

2- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިއުންތައް.

3- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތައް.

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

5- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިއުންތައް ކިޔަން އެގޭފަދަ ކޮޕީ.

ނޯޓް: މިވަޒީފާއަކީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.     

10 ފެބުރުވަރީ 2020