ދިވެހިރާއްޖެ
މިރަށު ދަނޑުވެރިންނަށް ބޭނުންވާ ތިރީގައި އެވާ ގަސްކާނާއާއި ބޭސް، މިރަށު ބަނދަރާއި ހަމައަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަމްބަރ (IUL)311/311/2020/9 (04 ފެބްރުއަރީ 2020) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރަން ޙާޟިރުވީ އެންމެ ފަރާތެއް ކަމަށްވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ތިރީގައި އެވާ ތަކެތި މިރަށު ބަނދަރާއި ހަމައަށް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
- 1340 ބަސްތާ ގެރިގުއި (25 ކިލޯގެ)
- 195 ޕެކެޓް އެން.ޕީ.ކޭ 20:20:20 (2 ކިލޯގެ)
- 280 ޕެކެޓް ބާސް (ނަމްބަރ 8)
- 165 ޕެކެޓް ޔޫރިޔާ (1 ކިލޯގެ)
- 173 ކިލޯ ހައިޑްރޯ ކޮމްޕްލެކްސް
- 256 ކިލޯ ޕޮޓޭސިއަމް
- 80 ފުޅި އެބަމެކްޓިން (100 އެމް އެލް)
މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 12 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބުތައް ހުށަހެޅުން އޮންނާނީ 13 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014)ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.