ދިވެހިރާއްޖެ
އޯޒޯން ފަށަލައަށް ގެއްލުންދޭ މާއްދާތައް ނައްތާލުމަށް ހަދާފައިވާ ބައިނަލް އަޤްވާމީ މުޢާހަދާ، 'މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރ'ގެ ދަށުން ފިނިކުރާ ނިޒާމްތަކުގައި ބޭނުންކުރާ ހައިޑްރޯކްލޯރޯފްލޯރޯކާބަންސް (އެޗް.ސީ.އެފް.ސީ) 2020 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަށް އެތެރެކުރުން ހުއްޓާލުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިހާރު ދިވެހިރާއްޖެއަށް އެތެރެކުރުން ކޮންޓްރޯލް ކުރަންފަށާފައިވާ އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް (ބްލެންޑްސް) 2020 ވަނަ އަހަރު ދިވެހިރާއްޖެއަށް އެތެރެކުރެވޭނެ ކޯޓާގެ މިންވަރަކީ 1.68 (އެކެއް ޕޮއިންޓް ހައެއް އަށެއް) މެޓްރިކްޓަނެވެ. އަދި، މި އަދަދަށް ގޭސް އެތެރެކުރެވޭނީ 2020 ވަނަ އަހަރު އެޗް.ސީ.އެފް.ސީ ގޭސް އެތެރެކުރުމުގެ ޚާއްސަ ހުއްދަ ދެވޭ ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް އެކަންޏެވެ.
އެގޮތުން 2020 ވަނަ އަހަރު އެޗް.ސީ.އެފް.ސީ ގޭސް އެތެރެކުރުމުގެ ޙާއްސަ ހުއްދަ ދޫކޮށްފައިވަނީ ބްރައިޓް ބްރަދާސްއަށެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިއުލާން ކުރަމެވެ.