ނީލަން
ނަންބަރު: (IUL)355-ESMS/355/2020/16
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:20
ސުންގަޑި: 17 ފެބުރުވަރީ 2010 13:00
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަންކުރުމަށް ވަގުތީގޮތުން ބިންދޫކުރުން

މިކައުންސިލްގެ 2020 ވަނަ އަހަރުގެ 3 ވަނަ އާންމުބައްދަލުވުމުން މިރަށު ވަލުތެރެއިން ދަނޑުވެރިކަންކުރުމަށް ވަގުތީގޮތުން 2 އަހަރު ދުވަހުގެ މުއްދަތަށް ބިން ކުއްޔަށް ދޫކުރުމަށް ވަނީ ނިންމަވާފައެވެ.

މިގޮތުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައްދައްކުވައިދޭ ޗާޓް އަދި ބިން ކުއްޔަށްދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލް މިއިއުލާނާއެކު އާންކުރެވިފައިއެވަނީއެވެ. (ގެޒެޓް އެޓޭޗްމަންޓް ބައިގައި އެޓޭޗްކުރެވިފައި)

އެއްފަރާތަކަށް އެއްބިމަށްވުރެ ގިނަ ބިމަށް ބިޑްހުށަހެޅިދާނެއެވެ. ނަމަވެސް އެއްބިމަށް އެއްފަރާތަކަށް ހުށަހެޅޭނީ 1 ބިޑެވެ.

ބިޑްހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކާއިއެކު އައިޑީކާޑުގެ ކޮޕީއަކާއި އެކު ފޮނުވުމަށް ދަންނަވަމެވެ. އަދި ބިޑް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހާ ބޭފުޅުން އައިޑީ ކާޑުގެ އަސްލު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ.

މިބިންތައް ކައުޔަށް ހިއްޕެވުމަށް އެދިލައްވާ ފަރާތްތަކުން ބިން ކުއްޔަށް ހިއްޕެވުމަށް ހުށަހަޅުއްވާ އަގު ބަޔާންކޮށް ސިޓީ ހިއްޕަވައިގެން 17 ފެބްރުއަރީ 2020 ވާ ހޯމަފަދުވަހުގެ 13:00 އަށް މިކައުންސިލްގެ އިދާރާގެ މީޓިންރޫމް، ކުރަހާގެ އަށް ވަޑައިގެންދެއްވުންއެދި ދައުވަތު އަރުމަމެވެ. ބިން ކުއްޔަށް ހިއްޕެވުމަށްއެދި ހުށަހަޅުއްވާ ސިޓީގައި ތިރީގައިވާ މައުލޫމާތު ހިމެނުއްވުމަށް ދަންނަވަމެވެ.

  1. ކުއްޔަށް ހިއްޕެވުމަށްއެދި ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ ނަން
  2. ކުއްޔަށް ހިއްޕެވުމަށްއެދި ހުށަހަޅުއްވާ ފަރާތުގެ އައިޑީކާޑު ނަންބަރު
  3. ކުއްޔަށް ހިފުމަށް ހުށަހަޅުއްވާ ޕްލޮޓް ނަންބަރު
  4. މީލާދީ މަހަކަށް ހުށަހަޅުއްވާ ކުލި

 ދަނޑުވެރިކަން ކުރުމަށް ވަގުތީގޮތުން ބިންދޫކުރުމަށް ކުރެވުނު މިކައުންސިލްގެ އިދާރާގެ ނަންބަރު (IUL)355-ESMS/355/2020/11އިއުލާން އާއި ގުޅިގެން ބިޑް ހުށަހަޅުއްފާފައިވާ ފަރާތްތަކުގެ އަދަދު އެކަށީގެންވާ ވަރަށްވުރެ މަދުކަމަށް ފެންނާތީ އެއިއުލާން ވަނީ ބާތިލްކުރެވިފައެވެ.

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.

10 ފެބުރުވަރީ 2020