ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު
މި މިނިސްޓްރީގެ ޕީ.އެސް.އައި.ޕީ. ގެ ދަށުން ހއ. ބާރަށް، ހދ. ނޮޅިވަރަންފަރު އަދި ށ. ޅައިމަގުގެ ކުނި މެނޭޖުކުރާ މަރުކަޒު ޤާއިމް ކުރުމަށްޓަކައި ބޭނުންވާ ކުރެހުންތަކާއި އަދި ބީ.އޯ.ކިއު. ތައްޔާރު ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
މި މިސައްކަތުގެ "ޓާރމްސް އޮފް ރެފެރަންސް" މި އިއުލާނާއެކު ގެޒެޓު މެދުވެރިކޮށް ޑައުންލޯޑު ކުރެވޭނެ ގޮތަށް ހުންނާނެއެވެ. މި މަސައްކަތާއި ގުޅޭގޮތުން، އިތުރު މައުލޫމާތު ސާފުކުރެއްވުމަށް، މަސައްކަތުގެ ނަން ސަބްޖެކްޓްގައި ޖެއްސެވުމަށްފަހު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ކަން، ބަޔާންކުރައްވާ ތިރީގައި ދަންނަވާފައިވާ މި މިނިސްޓްރީގެ އީމެއިލް އެޑްރެސްއަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.
އީމެއިލް: [email protected]
ބީލަން ވެލިޑިޓީ އަދި ބީލަން ހުށަހެޅުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 20 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 03 މަސް ދުވަސް ކަމުގައިވާންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕްރޮކިޔުމަންޓް ޔުނިޓް،
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: [email protected]
ވެބްސައިޓް: www.environment.gov.mv