ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)374-C/374/2020/20
ޕަބްލިޝްކުރި ތާރީޚް: 10 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:13
ސުންގަޑި: 19 ފެބުރުވަރީ 2020 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނިލަންދޫ ކުނިކޮށްޓަށް ޖަމާކުރާ ކުނީގެތެރެއިން ނައްތާނުލެވި ހުންނަ ކުނި ރަށުންބޭރުކޮށްދޭނޭ ފަރާތެއް ހޯދުން

ނިލަންދޫ ކުނިކޮށްޓަށް ޖަމާކުރާ ކުނީގެތެރެއިން ނައްތާނުލެވި ހުންނަ ކުނި ރަށުންބޭރުކޮށްދޭނޭ ފަރާތެއް ހޯދުން  

 

 ނިލަންދޫ ކުނިކޮށްޓަށް ޖަމާކުރާ ކުނީގެ ތެރެއިން ނައްތާނުލެވި ހުންނަ (ދަގަޑުގެ ބާވަތްތަކާއި ، އެލްމެނިއަމް ، ބިއްލޫރި ) ފަދަ ކުނީގެ ބާވަތްތައް ރަށުން ބޭރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

   ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވާ ބޭފުޅުން  " ނިލަންދޫ ކުނިކޮއްޓަށް ޖަމާކުރާ ކުނީގެ ތެރެއިން ނައްތާނުލެވި ހުންނަ ކުނި ރަށުން ބޭރުކޮށްދިނުމަށް ހުށަހަޅާ ފޯމު" ފުރިހަމަކުރައްވައި 2020 ފެބުރުވަރީ  19 ވާ ބުދަ  ދުވަހުގެ 11:00 އަށް މިއިދާރާއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށް ފަހު ހުށަހަޅާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.

" ނިލަންދޫ ކުނިކޮށްޓަށް ޖަމާކުރާ ކުނީގެ ތެރެއިން ނައްތާނުލެވި ހުންނަ ކުނި ރަށުން ބޭރުކޮށްދިނުމާއި ބެހޭ މަޢުލޫމާތު ކަރުދާހާއި " ނިލަންދޫ ކުނިކޮށްޓަށް ޖަމާކުރާ ކުނީގެ ތެރެއިން ނައްތާނުލެވި ހުންނަ ކުނި ރަށުން ބޭރުކޮށްދިނުމަށް ހުށަހަޅާ ފޯމު" މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓާއި ފޭސްބުކް ޕޭޖުންވެސް އެ ލިއުންތައް ނެގެން ހުންނާނެއެވެ. މިއިދާރާގެ ފޭސްބުކް ޕޭޖުގެ އެޑްރެހަކީ: (fb id: Faafu Nilandhoo Council Idhaaraa) އެވެ. ވެބްސައިޓް އެޑްރެސް މި ކަރުދާހުގެ ތިރީބައިގައި ލިޔެފައިވާނެއެވެ.

16 ޖުމާދަލްއާޚިރާ 1441

10 ފެބުރުވަރީ  2020

10 ފެބުރުވަރީ 2020