ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)307/INDIV/2020/11
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި: 20 ފެބުރުވަރީ 2020 13:00
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މީހުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ހުއްދަ ހޯދުމާއިގުޅޭ

 

                                   ނަންބަރު: (IUL)307/INDIV/2020/11    

އިއުލާން

މީހުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ހުއްދަ ހޯދުމާއިގުޅޭ؛

މީހުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި އެކަމަށް ބޭނުންވާ ހުއްދަ ހޯދުމުގެ މަސައްކަތް މިކައުންސިލުން މިގެންދަނީ ސަރުކާރުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކާއި ގުޅިގެން ކުރަމުންނެވެ. މިގޮތުން މި ހުއްދަ ދިނުމަށްޓަކައި މިރަށުން ބަންޑާރަ ގޯތި ބޭނުންވާ އެންމެހާ ފަރާތްތަކުގެ މައުލޫމާތާއި މިހާތަނަށް ގެވަޅު ލިބިފައިވާ ފަރާތްތަކުން ގެވަޅުގައި ކުރަމުންގެންދާ/ކުރަންފަށާފައިވާ މަސައްކަތްތަކުގެ މައުލޫމާތު މޯލްޑިވްސް ލޭންޑް ސަރވޭ އޮތޯރިޓީއަށް ބޭނުންވާ ކަމުގައި އެފަރާތުން ވަނީ އަންގާފައެވެ.

ވީމާ، މިރަށުން މީހުންދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ބޭނުންވެލައްވާ އެންމެހާ ފަރާތްތަކުން އެކަމަށް އެދި ސިޓީ ހުށައެޅުމުގެ ފުރުސަތު، 2020 ފެބުރުއަރީ 20 ވަނަ ދުވަހުގެ މެންދުރުފަރު 13:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މިހާރުން މިހާރަށް ގެވަޅު ބޭނުންވާފަދަ  ހާއްސަ ހާލަތެއްގައި ހުރި ފަރާތެއްވާނަމަ އެކަން ސިޓީގައި ބަޔާންކޮށްދެއްވުމަށްވެސް އެދޭކަމުގައި ދަންނަވަމެވެ. ދަންނަވަމެވެ، މި މައުލޫމާތަކީ ގެވަޅު ދޫކުރުމުގެ ހުއްދަ ހޯދުމަށްޓަކައި ބޭނުންވާ މަޢުލޫމާތު ކަމަށްވުމާއެކު، ގެވަޅު ދޫކުރުމުގެ ހުއްދަ ލިބުމުން، ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ގެވަޅު ބޭނުންވާ ފަރާތްތަކަށް ގެވަޅަށް އެދުމުގެ ފުރުސަތު ހުޅުވާލެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި އިއުލާނާއި ގުޅިގެން ސިޓީ ހުށައަޅާފައިވާ ފަރާތްތަކަށާއި އެކިއެކި ސަބަބުތަކާހުރެ މިހާރު ލިބިފައިވާ ގެވަޅުގައި އިމާރާތް ނުކުރެވޭފަދަ ހާލަތެއްގައި ހުރި ގެވަޅުތައް ލިބިފައިވާ ފަރާތްތަކަށް، ގެވަޅު ދޫކުރެވޭއިރު އިސްކަންދެވޭނެ ވާހަކަވެސް މި ފުރުސަތުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15  ރަބީޢުލްއާޙިރު 1441

09 ފެބުރުއަރީ 2020

09 ފެބުރުވަރީ 2020