ދިވެހިރާއްޖެ
ނަންބަރު:A)CA-2020/067)
އިޢުލާން
2020 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި، ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން މިދަންނަވަނީއެވެ.
ވޯޓުފޮށީގެ ނަންބަރު |
ވޯޓުފޮށީގެ ކޯޑު |
ވޯޓުފޮށީގެ ނަން |
ވޯޓުލާ ސަރަޙައްދު |
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
456 |
W1.1 |
އިންޑިއާ / ޓްރިވެންޑްރަމް - 1 |
މި ފޮށްޓަށް ވޯޓުލާނީ މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ. |
Consulate Of Maldives, Lavanya, TC No 16/3176, Kumarappuram-Pattom Road, Medical College PO. Thiruvananthapuram -11. |
457 |
W1.2 |
އިންޑިއާ / ނިއު ދިއްލީ - 1 |
މި ފޮށްޓަށް ވޯޓުލާނީ މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ. |
Consulate Of Maldives, Lavanya, TC No 16/3176, Kumarappuram-Pattom Road, Medical College PO. Thiruvananthapuram -12. |
458 |
W2.1 |
މެލޭޝިއާ / ކުއަލަލަމްޕޫރް - 1 |
މި ފޮށްޓަށް ވޯޓުލާނީ މެލޭޝިއާގައި ދިރިއުޅޭ މާލޭ ސިޓީގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ. |
10th Floor, Maldives Embassy. Menara See Hoy Chan, Suite 07-01, 374 Jalan Tun Razak, Kuala Lumpur, 50400. |
459 |
W2.2 |
މެލޭޝިއާ / ކުއަލަލަމްޕޫރް - 2 |
މި ފޮށްޓަށް ވޯޓުލާނީ މެލޭޝިއާގައި ދިރިއުޅޭ މާލޭ ސިޓީ ރައްޔިތުން ފިޔަވައި، މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ. |
10th Floor, Maldives Embassy. Menara See Hoy Chan, Suite 07-01, 374 Jalan Tun Razak, Kuala Lumpur, 50400. |
460 |
W3.1 |
ސްރީލަންކާ / ކޮލަމްބޯ - 1 |
މި ފޮށްޓަށް ވޯޓުލާނީ ސްރީލަންކާގައި ދިރިއުޅޭ މާލެ ސިޓީގެ ދާއިރާ ނަންބަރު T1 އިން T6 އަށް ނިސްބަތްވާ ރައްޔިތުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
Embassy of Maldives, |
461 |
W3.2 |
ސްރީލަންކާ / ކޮލަމްބޯ - 2 |
މި ފޮށްޓަށް ވޯޓުލާނީ ސްރީލަންކާގައި ދިރިއުޅޭ މާލެ ސިޓީގެ ދާއިރާ ނަންބަރު T7 އިން T18 އަށް އަދި ދަފްތަރަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
Embassy of Maldives, |
462 |
W3.3 |
ސްރީލަންކާ / ކޮލަމްބޯ - 3 |
މި ފޮށްޓަށް ވޯޓުލާނީ ސްރީލަންކާގައި ދިރިއުޅޭ ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން ހއ، ހދ، ށ، ނ، ރ، ބ، ޅ، ކ މި 8 އަތޮޅުންކުރެ އަތޮޅަކަށް ނިސްބަތްވާ ރައްޔިތުންނާއި، ކުޅުދުއްފުށި ސީޓީގެ ރައްޔިތުން ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
Embassy of Maldives, |
463 |
W3.4 |
ސްރީލަންކާ / ކޮލަމްބޯ - 4 |
މި ފޮށްޓަށް ވޯޓުލާނީ ސްރީލަންކާގައި ދިރިއުޅޭ ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން އއ، އދ، ވ، މ، ފ، ދ، ތ، ލ، ގއ، ގދ، މި 10 އަތޮޅުންކުރެ އަތޮޅަކަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ. |
Embassy of Maldives, |
464 |
W4.1 |
އިނގިރޭސިވިލާތް /ލަންޑަން - 1 |
މި ފޮށްޓަށް ވޯޓުލާނީ މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ. |
Embassy of Maldives, 22, Nottingham Place, London W1U5NJ, United Kingdom. |
465 |
W5.1 |
ސިންގަޕޫރު-1 |
މި ފޮށްޓަށް ވޯޓުލާނީ މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ. |
Embassy of Maldives. |
466 |
W6.1 |
ތައިލެންޑް-1 |
މި ފޮށްޓަށް ވޯޓުލާނީ މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ. |
Embassy of Maldives. |
467 |
W7.1 |
ބަންގްލަދޭޝް-1 |
މި ފޮށްޓަށް ވޯޓުލާނީ މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ދިވެހި ރައްޔިތުންނެވެ. |
Embassy of Maldives. |
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019ގައި ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބެހެއްޓި ޤައުމުތަކުގައި (މެލޭޝިއާގެ ކުއަލަލަމްޕޫރު، ސްރީލަންކާގެ ކޮލަމްބޯ އަދި އިނގިރޭސިވިލާތުގެ ލަންޑަންގައި) ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާނީ އެ ޤައުމުތަކަށެވެ. މި ތަންތަނަށް މިހާރު ރަޖިސްޓަރީވެފައިވާ މީހުން އެހެންތަނަކަށް ވޯޓުލާން ބޭނުންވާނަމަ، ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާ މުއްދަތުގައި އަލުން ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020ގައި ސިންގަޕޫރު، ތައިލެންޑް އަދި ބަންގްލަދޭޝްގައި ވޯޓުފޮށި ބަހައްޓާނީ، ރީ-ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ޤައުމެއްގައި ވޯޓުލުމަށް މަދުވެގެން 150 (ސަތޭކަ ފަންސާސް) މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ. އެހެންކަމުން މި ޤައުމުތަކުގެ ތެރެއިން ޤައުމެއްގައި 150 (ސަތޭކަ ފަންސާސް) މީހުންނަށްވުރެ މަދު ޢަދަދަކަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާނަމަ، އެ ޤައުމެއްގައި ބެހެއްޓުމަށް ހަމަޖައްސާފައިވާ ވޯޓުފޮށި ނުބެހެއްޓޭނެކަންވެސް އަންގަމެވެ. އަދި އެ ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުން ރަޖިސްޓަރީ ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުން ބާޠިލުކޮށް އެ މީހުން ރަށްވެހިވެފައިވާ ރަށުގައި ވޯޓުލެވޭ ގޮތަށް ރަޖިސްޓަރީ ބަދަލުކުރެވޭނެކަންވެސް އެންގީމެވެ. އަދި އެ ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރި މީހުންނަށް، އެހެން ވޯޓުފޮށްޓަކަށް ރީ-ރަޖިސްޓަރީ ކުރުމަށް 2 ދުވަހުގެ މުއްދަތެއް ދެވޭނެކަންވެސް އެންގީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.
15 ޖުމާދަލް އާޚިރާ 1441