ޢާންމު މަޢުލޫމާތު
ނަންބަރު: F2 ( f )/IUL/2013/01
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2013
ޕަބްލިޝްކުރި ގަޑި: 20:42
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
ގަވާއިދާ ޚިލާފަށް މަގުމަތީގައި ޕާކުކޮށްފައި ނުވަތަ ބަހައްޓާފައި ހުރުމުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޓޯވ ކޮށްފައިވާ އެއްގަމު އުޅަނދުތަކާބެހޭ

ގަވާއިދާ ޚިލާފަށް މަގުމަތީގައި ޕާކުކޮށްފައި ނުވަތަ ބަހައްޓާފައި ހުރުމުގެ ސަބަބުން 2008 އޯގަސްޓް 31 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޓޯވ ކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ތެރެއިން މިހާތަނަށް ވެރިފަރާތުން ނުގެންގޮސް ހުރި އުޅަނދުތައް ތިރީގައި ދަންނަވާފައިވާ ގޮތުގެމަތިން އެއުޅަނދަކަށް ދައްކަންޖެހޭ ޖޫރިމަނާ ފައިސާދެއްކުމުން އުޅަނދުގެ ވެރިފަރާތާއި އެއުޅަނދެއް ޙަވާލުކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

 

01 - 2008 އޯގަސްޓް 31 ވަނަ ދުވަހުން ފެށިގެން 2009 އޭޕްރީލް 14 ވަނަ ދުވަހުގެ ނިޔަލަށް ޓޯވ ކުރެވިފައިވާ އެއްގަމު އުޅަނދު ދޫކުރެވޭނީ، ޤާނޫނު ނަންބަރު 2008/5 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ ( ނ ) އިން ބާރުލިބިގެން އެކުލަވާލެވިފައިވާ [އާންމު ގަވާއިދު'' ގެ (ބާރަވަނަ ބާބުގެ) 96 ވަނަ މާއްދާއަށް ރިޢާޔަތް ކުރުމާއެކު، އެ ގަވާއިދުގެ  97 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުޅަނދު ނެގުމަށް ދިޔަ ޚަރަދުގެ ޖޫރިމަނާ ފައިސާއާއި، 98 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ، އެއްގަމު އުޅަނދު ނެގިކަން އިޢުލާންކުރާ ދުވަހުން ފެށިގެން 03 ދުވަހުގެ ތެރޭގައި އުޅަނދަކާބެހޭ މައްސަލަ ނުނިންމައި އޮވެ، ހޭދަވާ ކޮށްމެ ދުވަހަކަށްވާ ޖޫރިމަނާ ފައިސާގެ ތެރެއިން 11 ދުވަހުގެ ޖޫރިމަނާއަށްވާ ފައިސާ ދެއްކުމުންނެވެ.

 

02 - 2009 އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން 2012 ޖެނުއަރީ 04 ވަނަ ދުވަހުގެ ނިޔަލަށް ޓޯވ ކުރެވިފައިވާ އެއްގަމު އުޅަނދު ދޫކުރެވޭނީ ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރު ފަތުރުގެ ޤާނޫނު ) ގެ 06 ވަނަ މާއްދާގެ ( ނ ) ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ފުރަތަމަ ފަހަރަށްނަމަ، -/250 ( ދުއިސައްތަ ފަންސާސް ) ރުފިޔާ، ދެވަނަ ފަހަރަށްނަމަ -/500 ( ފައްސަތޭކަ ) ރުފިޔާ، ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް -/750 ( ހަތްސަތޭކަ ފަންސާސް ) ރުފިޔާ ގެ ޖޫރިމަނާ ފައިސާ ދެއްކުމުންނެވެ.

 

03 - 2012 ޖެނުއަރީ 05 ވަނަ ދުވަހުން ފެށިގެން ޓޯވ ކުރެވޭ އެއްގަމު އުޅަނދު ދޫކުރެވޭނީ، ޤާނޫނު ނަންބަރު 2009/5 ( އެއްގަމު ދަތުރު ފަތުރުގެ ޤާނޫނު ) ގެ 03  ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން އެކުލަވައިލެވިފައިވާ '' އެއްގަމު އުޅަނދު ޕާކު ކުރުމުގެ ގަވާއިދު" ގެ 12 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ފުރަތަމަ ފަހަރަށްނަމަ، -/250 ( ދުއިސައްތަ ފަންސާސް ) ރުފިޔާ، ދެވަނަ ފަހަރަށްނަމަ -/500 (ފައްސަތޭކަ) ރުފިޔާ، ދެފަހަރަށްވުރެ އިތުރުވާ ކޮންމެ ފަހަރަކަށް -/750 ( ހަތްސަތޭކަ ފަންސާސް ) ރުފިޔާ ގެ ޖޫރިމަނާ ފައިސާ ދެއްކުމުންނެވެ.

 

ވީމާ، މިއުޅަނދުތަކުގެ ވެރިފަރާތްތަކުން ވީހާވެސް އަވަހަކަށް ޕޮލިސް ޓޯވ ޔާރޑަށް ހާޒިރުވެ، ދެންނެވިފައިވާ ގޮތުގެމަތިން އެއުޅަނދަކަށް ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ފަހު، ވެހިކަލް ގެންދެވުމަށް ދަންނަވަމެވެ. އަދި މި އިޢުލާން ކުރާތާ 03 މަސްދުވަހުގެ ތެރޭގައި އުޅަނދުތަކުގެ ވެރިފަރާތްތަކުން ދެންނެވުނު ގޮތުގެމަތިން މިއުޅަނދުތަކާ ޙަވާލު ނުވެއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން ވެރިފަރާތުން ޙަވާލުނުވާ އުޅަނދުތައް ގަވާއިދުގައިވާ ގޮތުގެމަތިން ނައްތާލުމުގެ މަސައްކަތް  މިސަރވިސްގެ ފަރާތުން ކުރަމުން ގެންދާނެ ވާހަކަ އާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

28 މާރިޗު 2013