ދިވެހިރާއްޖެ
ނަންބަރު: A)AB-2020/88)
އިޢުލާން |
2020 އެޕްރީލް 04 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2020 ގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމާއި ގުޅޭ: |
މިކޮމިޝަނުގެ ނަންބަރު: A)AB-2020/28) އިޢުލާނުގައި އޮފިޝަލުންގެ ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުމުގެ ތެރޭގައި " މީގެ ކުރިން އިލެކްޝަންގެ މަސައްކަތެއް ކޮށްފައިވާ ފަރާތެއްނަމަ، އެކަން އަންގައިދޭ ލިޔެކިޔުން" ހުށަހަޅަން ޖެހޭކަމުގައި ބަޔާންކޮށްފައި ވީނަމަވެސް، ފޯމު ހުށަހަޅުއްވާ ފަރާތްތަކަށް ލުއިފަސޭހަ ކުރުމުގެ ގޮތުން މިހާރު އެލިޔުން ހުށަނޭޅުއްވިޔަސް އެންމެ ރަނގަޅުކަމުގައި މި ކޮމިޝަނުންވަނީ ނިންމަވާފައެވެ. ނަމަވެސް އެޕްލިކޭޝަން ފޯމުގައި " މަސައްކަތްކޮށްފައިވާ އިންތިޚާބުތަކާއި މަސައްކަތްކޮށްފައިވާ މަޤާމްތައް" މި ބައި ފުރިހަމަ ކުރެއްވުންއެދެމެވެ.
ވީމާ، މިކަން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2020ގެއޮފިޝަލުންގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. |