ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)FHS/2/2020/11
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 17:08
ސުންގަޑި: 12 ފެބުރުވަރީ 2020 13:30
ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ.

ފެކަލްޓީ އޮފް ހެލްތް ސައިންސަސް

މާލެ، ދިވެހިރާއްޖެ

މިފެކަލްޓީގައި ހިންގާ ބެޗްލާރސް ޑިގުރީ ، މާސްޓަރސް ޑިގްރީ ކޯސްތަކުގައި ތިރީގައި މިދަންނަވާ މާއްދާތައް ކިޔަވައިދެއްވުމަށް ޕާރޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުވެރިވެ ވަޑައިގަންނަވާ ފަރާތްޕުޅުތަކުން މިފެކަލްޓީއަށް ސިޓީފޮނުއްވުން އެދެމެވެ. ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

މާއްދާތައް:

Management of Disaese 3 MED 203, Child Health for primary health care MED 101,   

 Management of Disaese 1 MED 015, Professional practice project 1 PUB 607,

Research project 1 PUB 615,

ޝަރުތު:

މާއްދާ އާއި ގުޅޭ ދާއިރާއިން މާސްޓަރސް ޑިގްރީ  ނުވަތަ އެއާއި އެއްވަރު ސަނަދެއް  ޙާޞިލް ކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ މާއްދާ އާއި ގުޅުންހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެއިތުރަށް މާކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާ އެކު ހުށައަޅަންޖެހޭ ތަކެތި

1-     ވަޒީފާއަށް އެދި ހުށައަޅާ ސިޓީގައި ކިޔަވައިދޭން ބޭނުންވާ މާއްދާތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

2-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

4-     ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަޑު ޖަހާފައިވާ)

އިތުރު މައުލޫމާތު

- މިއީ ބްލޮކް މޯޑަށް ކިޔަވައިދޭ ކޯހަކަށްވުމުން ކުލާސްތައް އޮންނާނީ މިފެކަލްޓިން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށް ކަނޑައެޅޭ ދުވަސްތަކުގައެވެ.

- ސެމިސްޓަރ އެއްގައި ހިމެނޭނީ 4 ބްލޮކެވެ. ކޮންމެ ބްލޮކެއްގައި 4 ދުވަހެވެ.

- ކިޔަވައި ދެއްވުމަށް ކެމްޕަސްއަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދެކޮޅު ޓިކެޓާއި އެކޮމަޑޭޝަނަށާއި ފަރިއްކޮޅަށް ކަނޑައެޅިފައިވާ ރޭޓުން ފައިސާ ހަމަޖައްސައި ދެވޭނެއެވެ.

- މީހުން ހޮވުމުގައި ޔުނިވަރސިޓީއެއްގައި މި ދާއިރާގެ މާއްދާތައް ކިޔަވާދެއްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-      އިތުރު މައުލޫމާތު ބޭނުންފުޅު ނަމަ މިފެކަލްޓީގެ ނަމްބަރު 3346535 ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި

12 ފެބުރުވަރީ 2020 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މިފެކަލްޓީ އަށް ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ނަމަ [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

09 ފެބުރުވަރީ 2020