ކުއްޔަށް ދިނުން
ނަންބަރު: (IUL)318-PRO/318/2020/7
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 18 ފެބުރުވަރީ 2020 11:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ދަރަވަންދޫގެ އެއަރޕޯރޓް ބޭނުންކުރައްވާ ފަރާތްތަކަށާއި، ދަތުރުވެރިންނަށާއި އަދި ފަތުރުވެރިންނަށް ލައުންޖްގެ ޚިދުމަތް ދިނުމަށް ބިންދޫކުރުން

ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯރޓްއަކީ ދަތުރުވެރިންނަށާއި އަދި ފަތުރުވެރިންނަށް ޚިދުމަތްތަކެއް ފޯރުކޮށްދޭ ފަރާތެކެވެ. މި ޚިދުމަތުގެ އެއްބަޔަކީ ދަތުރުވެރިންނަށާއި އަދި ފަތުރުވެރިންގެ ދަތުރަށް ފެށުމުގެ ކުރިންނާއި ދަތުރު ނިންމާފައި އައުމުން ދެވޭ ޚިދުމަތްތަކެވެ. މިފަދަ ޚިދުމަތް ދެވޭނެ އިންތިޒާމް ގިނަ ފަރާތްތަކަށް ހުޅުވާލުމަށްޓަކައި، ބ. ދަރަވަންދޫގެ އެއަރޕޯރޓް ބޭނުންކުރާ ދަތުރުވެރިންނަށާއި އަދި ފަތުރުވެރިންނަށް ލައުންޖްގެ ޚިދުމަތް ދިނުމަށް ބިންދޫކުރުމެވެ. އެއަރޕޯރޓްގެ މައި ދޮރާއްޓާއި އެންމެގާތުން 2055 (ދެހާސް ފަންސާސްފަސް) އަކަފޫޓުގެ 3 ބިން 20 އަހަރުގެ މުއްދަތަށް ކުޔަށް ދޫކުރުމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)318-PRO/318/2019/31 އިޢުލާނު ބާތިލުކޮށް އެބިންތަކަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.  މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާގަ އެވެ.  

މަޢުލޫމާތު ދިނުން

2020 ފެބުރުއަރީ 18 ވާ އަންގާރަ ދުވަހުގެ 10:00

އަންދާސީ ހިސާބު ހުށަހެޅުން

2020 ފެބުރުއަރީ 25 ވާ އަންގާރަ ދުވަހުގެ 13:00

މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ދުވަހުން ފެށިގެން އަންދާސީ ހިސާބު ހުށަހެޅުމާއި ހަމައަށް މަޢުލޫމާތު ކަރުދާސް ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް ދޫކުރެވޭނެއެވެ. އަންދާސީ ހިސާބާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ ނަމަ، އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަންބަރު 6600002 ފޯނާއި ގުޅުއްވުން އެދެމެވެ.

09 ފެބުރުވަރީ 2020