ދިވެހިރާއްޖެ
އިޢުލާން
2020 ވަނަ އަހަރު މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުން، މުދިމުން، އަދި މަސައްކަތު މީހުން އަހަރީ ޗުއްޓީ އާއި ސަލާމާއި އަދި އާއިލީ ޒިންމާފަދަ ޗުއްޓީތައް ނެގުމުން (ޕޫލް އުޞޫލާއި އެއްގޮތަށް ) މަސައްކަތް ކުރާނެ މީހުން ހޯދުމަށް މިއިދާރާގެ ނަންބަރު : (IUL)262/262/2020/03 ( 21 ޖެނުއަރީ 2020 ) އިޢުލާންނަށް އެކަށީގެންވާ ވަރަށް މުވައްޒަފުން ނުލިބުމުގެ ސަބަބުން އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މަޤާމް |
އިމާމު/ މަސައްކަތު މީހުން |
||
ބޭނުންވާ ޖުމްލަ ޢަދަދު: |
6 (3 އިމާމު، 3 މަސައްކަތު) |
||
މަޤާމް އޮތް އޮފީސް: |
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް/ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ހދ.ނޮޅިވަރަންފަރު މިސްކިތްތައް |
||
މަޤާމު |
ރޭންކް |
ޝަރުޠު ފުރިހަމަވާނަމަ މަސައްކަތްކުރާ ގަޑިއަކަށް |
ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ ޢަދަދު |
އިމާމު |
ޖީ.އެސް: 03 |
61.00 ރުފިޔާ |
05 ގަޑިއިރު |
މުދިމް (އިމާމުކަމުގެ ޝަރުޠު ހަމަނުވާ ނަމަ) |
ޖީ.އެސް: 01 |
53.00 ރުފިޔާ |
05 ގަޑިއިރު |
މަސައްކަތު |
އެސް.އެސް: 01 |
45.00 ރުފިޔާ |
05 ގަޑިއިރު |
މަޤާމުގެ މަސްޢޫލިއްޔަތު |
|
މަޤާމުގެ ޝަރުޠު: އިމާމު/މުދިމް |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 03ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު،ރީތިކޮށް ބަންގިގޮވާއި، ޤުރުއާނުގެ ތަޖުވީދުގެ ހަމަތަކާއެއްގޮތައް ޤުރުއާންކިޔަވަންދަންނަ މީހަކުކަމުގައިވުމާއެކު، ނުވަތަ ޘާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން. އަދި މަސައްކަތާއިގުޅޭ ދާއިރާއެއްގައި 02 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ ސާނަވީ އިމްތިޙާނު 02 މާއްދާއަކުން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު އޭގެއިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. |
މަޤާމުގެ ޝަރުޠު : މަސައްކަތު |
ލިޔަންކިޔަން އެގުން. ( ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިން ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.) |
މަޤާމުގެ މަސްޢޫލިއްޔަތު |
|
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ފެބުރުއަރީ 17 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
އިންޓަވިއު: |
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 ފެބުރުއަރީ 18 އާއި 20 އާއި ދެމެދު، ނޮޅިވަރަންފަރު ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
|
ޝޯޓް ލިސްޓްކުރުން: |
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
|
އިތުރު މައުލޫމާތު: |
|
- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6520045 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6520045 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. - |
މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
15 ޖުމާދަލްއާޚިރު 1441
9 ފެބުރުއަރީ 2020