ދިވެހިރާއްޖެ
ނަމްބަރ:IL-P/423/2020/08
އިޢުލާން
ފަރެސްމާތޮޑާ ފަރެސްއަވަށު މަސްޖިދުލް ނަސްރު މިހުރާބުގެ ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.
މިއިދާރާގެ ނަމްބަރ: IL-P/423/2019/06 އާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ތިންފަރާތަށް ވުރެ މަދުން ބައިވެރިވެފައިވާތީ މި ޢިއުލާން ބާޠިލްކޮށް އަލުން ޢިއުލާންކުރަމެވެ.
ގދ.ފަރެސްމާތޮޑާ ފަރެސްއަވަށް މަސްޖިދުލް ނަސްރު މިހުރާބުގެ ބޮޑުކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަންބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ފެބްރުއަރީ 2020 ވަނަދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 19 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ޙިސާބު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް އަންދާސީ ޙިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވިފައިވާ ދުވަހުގެ ގަޑިއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރައްވާ ( މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ) ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްކަތުން ހުށަހަޅާ އަންދާސީ ޙިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީ ޙިސާބު ބަލައިނުގަނެވޭނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.
15 ޖުމާދުލްއާޙިރު 1441
09 ފެބްރުއަރީ 2020