ނީލަން
ނަންބަރު: (IUL)GS08/2020/13
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި:
18 ފެބުރުވަރީ 2020 13:00
ހއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިމަރުކަޒުގެ ބައެއް ތަކެތި ނީލަންކިއުން
މިމަރުކަޒުގެ ބައެއް ތަކެތި ނީލަން ކިޔުމާ ބެހޭ
މި މަރުކަޒުގައި މިހާރު ބޭނުންނުކުރާ ތިރީގައިވާ ތަކެތި ނީލަމުގެގޮތުގައި ވިއްކާލަން ބޭނުންވެއެވެ.
- މޯޓަރ
- 3 ޔޫ.ޕީ.އެސް
- ޕްރިންޓަރ
- ގަޑި
- ކޮފީ މޭކަރ
- ވައިޓްބޯޑް
- ލައިބްރަރީ އިމާރާތުން ނެގި ޓިނުތައް
މި ނީލަމާއި ގުޅޭ ތަފްޞީލް ތިރީގައިމިވަނީއެވެ.
- ނީލަންކިޔުން އޮންނާނީ 18 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހު 13:00 ގައި ހއ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތި ތެރޭގައެވެ.
- ނީލަމުގެ ބައިތައް ބެހެއްޓިފައި ހުންނާނީ ވަކިވަކިންނެވެ. ކޮންމެ ބައެއް ނީލަންކިޔާނީވެސް ވަކިވަކިންނެވެ.
- ނީލަންކިޔާނީ ހާޟިރީންގެ ކުރިމަތީގައި އަނގަބަހުންނެވެ. އަދި ނީލަން އިތުރުކުރުމަށް ހުށައަޅާނީވެސް ހާޟިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ.
- ނީލަމުގެ ފެށޭ އަގު ކޮންމެ ބައެއްގައި ވަކިވަކިން، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ފެންނާނެހެން ބެހެއްޓިފައި ހުންނާނެއެވެ.
- ނީލަން ނިމޭތާ 1 ގަޑި އިރުތެރޭ ނީލަން ލިބުނު ފަރާތުން ފައިސާ ދައްކަންވާނެއެވެ.
- ނީލަމުން ތަކެތި ނަގާ ފަރާތްތަކުން ހަމަ އެ ދުވަހު ނީލަން ނިމުމުން އެ ތަކެތި ގެންގޮސް ނިންމަންވާނެއެވެ.
މިނީލަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6500014 ނަންބަރު ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
09 ފެބުރުވަރީ 2020