ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)372-B1/372/2020/11
ޕަބްލިޝްކުރި ތާރީޚް: 09 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:20
ސުންގަޑި: 18 ފެބުރުވަރީ 2020 14:00
ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު ( މިސްކިތް )

އިޢްލާން

ވަޒީފާގެ ފުރުޞަތު

           މިކައުންސިލްގެ ބެލުމުގެ ދަށުން ބަލަހައްޓާ މިސްކިތްތަކަށް ތިރީގައި މިދަންނަވާ 04 މަޤާމަށް ދާއިމީ މަސައްކަތު މީހުން ހޯދަން ބޭނުންވެގެން ކުރި މިކައުންސިލްގެ ނަމްބަރު:  (IUL)372-B1/372/2020/10( 30 ޖެނުއަރީ 2020 ) ގެ އިޢްލާން ބާތިލުކޮށް އަލުން އެ 04 މަޤާމަށް މީހުން ހޯދުމަށް އިޢްލާނުކުރަމެވެ.

މަޤާމް:

މަސައްކަތު (މިސްކިތު)

މަޤާމުގެ ނަމްބަރު:

J-322067,J-322068,J-322069,J308918

ބޭނުންވާ ޢަދަދު:

4 (ހަތަރެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ސްޕޯޓް ސާރވިސް

ވަޒީފާ އަދާކުރަންޖެހޭތަން:

ފ. މަގޫދޫ ކައުންސިލްގެ އިދާރާ

މުވައްޒަފަށް ލިބޭ މުސާރަ:

3100.00 ރުފިޔާ

ސާރވިސް އެލަވަންސް:

1000.00 (މަހަކު) ރުފިޔާ

އެހެނިހެން އެލަވަންސް:

1- ސަޕޯޓިންގ ކޯ އެލަވަންސް: /-1200 ރުފިޔާ (މަހަކު)

2- ސިވިލްސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

3- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓް ރިބިއު ޝަން

4- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

5- ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު ތަކާއިވަޖިބުތައް:

1- ރަށުކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާވަލަކާ  އެއްގޮތަށް ކައުންސިލުން ކަނޑައަޅާ   މިސްކިތެއްގައި މުދިމު އަންގަވާ ގޮތެއްގެމަތީން މަސައްކަތް ކުރުން

2- ރަށު ކައުންސިލްގެ އިދާރާއިން އިންތިޒާމްކުރާ ގޮތެއްގެ މަތީން މިސްކިތްފޮޅާ ސާފުކުރުމާއި ފާޚާނާ،އިސް ކުރުބަރި ލެވިފައިވާ މިސްކިތްތަކުގައި އެތަންތަން ދޮވެ ސާފުކޮށް ބެލެހެއްޓުމާއި މިސްކިތުގެ ގޯތިތެރެއާއި މިސްކިތާއި އިންވެގެން ހުންނަ މަގުތަކުގެ ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި ހިމެނޭ ސަރަހައްދުގައި ހުން މިސްކިތްތަކުގެ މިސްކިތާވީފަޅި ކުނިކެހުމާއި ވިނަނޮޅުމާއި ކުނި އުކާލުމުގެ  މަސައްކަތް ކުރުން

3- މިސްކިތު ވަޅު ދިޔަހިއްކާ ސާފުކޮއް ބެލެހެއްޓުމާއި މަހަކު އެއްފަހު ފެންތާގި ބަލާޗެކުކޮށްސާފްކުރުން

4- އިމާމު/މުދިމު އަންގަވާ ގޮތެއްގެމަތީން ކޮންމެދުވަހަކުވެސް މިސްކިތަށްގޮސް ބިއްލޫރި ލެވިފައިވާ އެންމެހާ ތަންތަނާއި ހޮޅިބުރި ފަންކާ މިންބަރ،ކަބަޑުތަށް ފޮޅާ ސާފުކުރުން އަދި ހޮޅިބުރިތަކާއި ފަންކާތަށް ކައުންސިލްގެ އިދާރާއިން ހަމަޖައްސަވާ އުސޫލަކުން ދިއްލުމާއި ނިންވުން

5- މިސްކިތަށް ލިބެމުންދާ ގެއްލުންތަށް ޤަވާޢިދުން އިމާމު/މުދިމު އަށާއި ކައުންސިލްގެ އިދާރާއަށް އެންގުމާއެކު އަމިއްލައަށް ކުރެވޭޒާތު މަރާމާތުގެ މަސައްކަތް ކުރުން.

6- ރަށު ކައުންސިލްގެ އިދާރާއިން، އިމާމު/މުދިމް ހަމަޖައްސަވާ ގޮތެއްގެމަތީން މިސްކިތު ގޯތިތެރޭގައި ގަސްއިންދާ ގަސްތަށް ކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން 

7- މިސްކިތުގެ އެތެރޭގައި ބެހެއްޓިފައިވާ ހަތިމްތަށް ސާފްކޮށް ތަރުތީބުން ބެހެއްޓުމާއި މީގެ އިތުރުންވެސް މިސްކިތާ ގުޅިގެން ޙަވާލުރުރެވޭ މަސައްކަތް ކުރުން

8- ރަށު ކައުންސިލުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރި ވުމާއި މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތަށްތައް ކުރުމާއި ދިމާވާ ބައެއް ހާލަތްތަކުގައި  ކައުންސިލުން އަންގާ ގޮތެއްގެމަތިން އެއްމިސްކިތައްވުރެ ގިނަ މިސްކިއްތަކުގައި މަސައްކަތް ކުރުން

9- މިސްކިތު ގޯތިތެރޭގައިވާ އަޑިތަންތަން ވެލިއަޅައި ރީތިކުރުމާއި މިސްކިތުގެ ގޯތި ތެރޭގައިވާ ފާހާނަ އާއި ވަޅުން ފެށިގެން މިސްކިތަށް ދާން ހަދާފައިވާ މަގުތަށް ސާފްކުރުން.

10- މިސްކިތުގެ ރައްކާތެރިކަމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުމުގެ އިތުރުން އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް ކުރެވެންހުރި ކަންކަން ސްޕަވައިޒަރ އަންގާގޮތެއްގެމަތިން ކުރުން.

މަޤާމުގެ ޝަރުތުތައް:

ލިޔަންކިޔަން އެގުން

(ނޯޓް: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

1-ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް

ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ،އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް

4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5-  ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. 

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

1- ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓް ތަކުގެ ކޮޕީ. 

1- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ދޭ ސެޓްފިކެޓް   ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

3- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

- މަޤާމާގުޅޭ ދާއިރާގެ ތަޢުލީމަށް %21

- މަޤާމާގުޅޭ ދާއިރާގެ ތަމްރީނުތަކަށް %5

- މަޤާމުގެ މަސައްކަތާގުޅޭ ތަޖުރިބާއަށް %26

- މަސައްކަތުގެ ހުނަރަށް  %48

- މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: %35

މަޤާމަށްއެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ފެބުރުވަރީ 2020 ވާ އަންގާރަދުވަހުގެ 14:00 ގެ ކުރިން، ފ. މަގޫދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ސޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 20 ފެބުރުވަރީ 2020 އާއި  27ފެބުރުވަރީ  2020 އާއި ދެމެދު، ފ. މަގޫދޫ ކައުންސިލް އިދާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 )" އާއްމު ކުރުން:

އިތުރު މަޢުލޫމާތު ހޯދުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަސް ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓްA2( ފޯމު)" ޢާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތް ނަމަ A2 ފޯމް ޢާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަސް ތެރޭގައި އެ ޝަކުވާއެއް މިއިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6740014 އަށެވެ. އީ-މެއިލް ކުރާނީ :  [email protected]އަށެވެ. ސިވިލްސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް އަދި އެ އުޞޫލްތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލްސާވިސް ކޮމިސަނުގެ ވެބްސައިޓްގެ ޑައުންލޯޑުސްގެ "އައްޔަންކުރުމުގެ އުސޫލާގުޅޭ” (http://www.csc.gov.mv/dv/recruitment-usoolu)  ން ލިބެން ހުންނާނެއެވެ.

10 ޖުމާދަލްއާޚިރާ 1441

09 ފެބުރުވަރީ 2020

09 ފެބުރުވަރީ 2020