ދިވެހިރާއްޖެ
| 
 އިޢުލާން  | 
|
| 
 ނަމްބަރު: (IUL)257/257/2020/8  | 
 ވަޒީފާގެ ފުރުޞަތު  | 
| 
 ތާރީޚް: 09 ޖެނުވަރީ 2020  | 
|
މިއިދާރާގެ މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
| 
 
 މަޤާމް:  | 
 
 މަސައްކަތު ( ދާއިމީ )  | 
| 
 ބޭނުންވާ ޢަދަދު:  | 
 01 ( އެކެއް )  | 
| 
 ރޭންކް:  | 
 އެސް އެސް 1  | 
| 
 ކުލެފިކޭޝަން:  | 
 ސަޕޯރޓް ސްޓާފް ގުރޭޑް 1  | 
| 
 މަޤާމުގެ ނަންބަރު:  | 
|
| 
 އޮފީސް / އިދާރާ:  | 
 ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލް  | 
| 
 ސެކްޝަން/ ޔުނިޓް:  | 
 ކޯޕަރޭޓް އެފެއާޒް  | 
| 
 ވަޒީފާ އަދާކުރަންޖެހޭ ތަން:  | 
 ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ  | 
| 
 މުސާރަ:  | 
 -/3100 ރުފިޔާ  | 
| 
 ސަރވިސް އެލަވަންސް:  | 
 -/1000 ރުފިޔާ  | 
| 
 ސަޕޯރޓިން ކޯ އެލަވަންސް:  | 
 -/1200 ރުފިޔާ  | 
| 
 އެހެނިހެން އެލަވަންސް:  | 
 ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން، އިތުރުގަޑީ ފައިސާއާއި ބަންދު ދުވަހުގެ އެލަވަންސް ދެވޭނެއެވެ.  | 
ތަޢުލީމާއި ތަޖުރިބާ:
- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.
 
މަޤާމުގެ މަސްޢޫލިއްޔަތައް:
- ރަށުކައުންސިލްގެ އިދާރާގެ ތަޅުދަނޑި ކައުންސިލް ހިންގުމާއި، ޙަވާލުވެ ހުރި ފަރާތަކުން އެދިއްޖެނަމަ އެވަގުތަކު ހުންނެވި އިސްވެރިޔެއްގެ ގެއަށްގޮސް ކައުންސިލްގެ އިދާރާ ހުޅުވުމަށްޓަކާ ގެނެސް ގެންދެވުން.
 - ރަށުކައުންސިލްގެ އިދާރާގެ ބިއްލޫރި ލެވިފައިވާ ތަންތަނާއި، ހޮޅިބުރި، ފަންކާ، ކަބަޑު، މޭޒް އެއަރކޯން، ފަދަ ތަންތަން ފޮޅާ ސާފުކުރުން.
 - ރަށުކައުންސިލްގެ އިދާރާގެ ވަޅުދިޔަހިއްކާ ސާފުކުރުން.
 - ކައުންސިލްގެ އިދާރާގެ ގޯތިތެރެއާއި، ކައުންސިލްގެ އިދާރައާއި، ގުޅިފައިވާ މަގުތައް ކުނިކެހުމާއި، ވިނަނޮޅުމާއި، ކުނި އުކާލުމުގެ މަސައްކަތް ކުރުން.
 - ރަށު ކައުންސިލްގެ އިދާރާއަށް ޙާޟިރުކުރަން އަންގާމީހުން ޙާޟިރުކޮށް ރަށްޔިތުންނަށް އަންގަންޖެހޭ ގޮވުންތައް ގޮވާ އެންގުން.
 - ރަށުކައުންސިލްގެ އިދާރާއިން އަންގަވާ ގޮތެއްގެ މަތިން ރަށުކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ގަސްއިންދާ ފެންދީ ބެލެހެއްޓުމާއި، ގޯތިތެރޭގައި ހުރި ރުއްގަސް ސާފުކޮށް ބެލެހެއްޓުން.
 - ރަށަށް ޒިޔާރާތްކުރާ ޓީމުތަކަށް ރަށުކައުންސިލްގެ އިދާރާއިން އަންގަވާ ގޮތެއްގެ މަތިން އެހީތެރިވެ ދިނުން.
 - ރަށުކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ބަހައްޓާފައިވާ ތަކެއްޗަށް މީހަކު ނުވަތަ ބަޔަކު ގެއްލުމެއް ދީފިކަން އެގިއްޖެނަމަ އެކަން އެގުނު ހިސާބަކުން ރަށުކައުންސިލްގެ އިސްވެރިޔަކަށް އެކަން އެންގުން.
 - މީގެ އިތުރުންވެސް ރަށުކައުންސިލްގެ އިދާރާއާއި، ގުޅިގެން ޙަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުން.
 
ހުށަހަޅަންޖެހޭ ލިޔެކިއުންތައް:
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
 - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
 - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
 - ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
 - ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
 - (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
 - (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
 - ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
 - ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
 - މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
 - (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
 - (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
 - (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
 
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ތައުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 23 ފެބުރުވަރީ 2020 ވަނަ ދުވަހުގެ 13.00 ގެ ކުރިން، ހއ. ބާރަށު ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށްއެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2020 މާރިޗް 08 އާއި 2020 މާރިޗު 18 އާ ދެމެދު، ހއ. ބާރަށު ކައުންސިލްގެ އިދާރާގައެވެ.
ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް( A2ފޯމު) އާންމުކުރުން:
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ) ފޯމް އާންމުކޮށް ފެންނާނެހެން މިއިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެޝަކުވާއެއް މިއިދާރާ ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުނަމަ، ގުޅުއްވާނީ މިއިދާރާގެ ނަންބަރު 6500016 ފޯނާއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
15 ޖުމާދަލްއާޚިރާ 1441
09 ފެބުރުވަރީ 2020
އާޞިފް ޢަބްދުﷲ
ކައުންސިލްގެ ރައީސް