މަސައްކަތް
ނަންބަރު: (IUL)262/262/2020/10
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 13 ފެބުރުވަރީ 2020 10:00
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމާއި ގުޅޭ

އިޢުލާން

 

                     ނޮޅިވަރަންފަރު ރައްޔިތުން ކުނިކަހާބަލަހައްޓާ ސަރަޙައްދުތަކުގެތެރެއިން މިދަންނަވާ މަގުތަކާ، ގޯޅިތަކާ، ސަރަޙައްދުތައް ކުނިކަހާސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

                     ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 13 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 10:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން 18 ފެބްރުއަރީ 2020 ވަނަ ދުވަހު 10:00 އަށް މިއިދާރާގެ ޖަލްސާކުރާ މާލަމަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާފަރާތްތަކުންނާއި ގަޑިޖެހިގެން

ހާޟިރުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަންނާނެވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އަދި ރަޖިސްޓްރީ ކުރާފަރާތްތަކަށް މަޢުލޫމާތު ޝީޓާއި އަގު ހުށަހަޅާ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

 

 

ސަރަހައްދު ނަމްބަރު 1

1-    އަތިރިމަތި: (ކާރނޭޝަންމަގު ދެކުނުން އަމީނީމަގު އުތުރުން ގޯތިތަކުގެ ހުޅަނގުން ގޮނޑުދޮށަށް އޮތް ސަރަޙައްދު)

2-    ދޮންކަލޭފާނުމަގު: (ޤަބުރަސްތާނު ހުޅަނގުން ހުޅަނގުފަރާތު ގޮނޑުދޮށަށް)

3-    ކާރނޭޝަންމަގު: (ރިމްލާގޭގެ އިރުމަތިން ފެށިގެން އިރަށް އެދުރުކަލޭފާނުމަގާއި ހަމައަށް)

4-    އާމިނާފާނުމަގު: (ސަހަރާގޯޅީގެ އުތުރުން ކާރނޭޝަންމަގައި ހަމައަށް)

5-    މަޤާމްމަގު: (މުޝްތަރީހިނގުމުން ފެށިގެން އުތުރަށް ކާރނޭޝަންމަގައި ހަމައަށް)

6-    އެދުރުކަލޭފާނުމަގު: (ދޮންކަލޭފާނުމަގުން ފެށިހެން އުތުރަށް ބަނދަރު ސަރަހައްދާ ހަމައަށް)

7-    އުތުރުއަވަށު ކުރީގެ އަންހެނުންގެ މިސްކިތްހުރި ގޯތި.

8-    ބަނދަރު ސަރަހައްދު.

 

ސަރަހައްދު ނަމްބަރު 2

  1. އަތިރިމަތި: (ރަބީޢުގޭގެ ހުޅަނގު، އަމީނީމަގު އުތުރުކައިރިން، ސްޓޭޖް ހުޅަނގުން، ސްކޫލު ހުޅަނގުން، ސިންފިޔާ އާއި އަވަށު ގޯތި ހުޅަނގުން ސޯޝަންމަގުގެ ދެކުނު ކައިރިން ފެށިގެން ހުޅަނގަށް ގޮނޑުދޮށާހަމައަށް )
  2. މަޤާމްމަގުދެކުނު:  ( ބީހައިވް ގޭގެ ދެކުނުން ރަށްވެހިމަގާ ހަމައަށް )
  3. ފެންފޯއްމަގު: ( ކުރީގެ ޒިޔާރަތްމަގުން ދެކުނަށް ރަށްވެހިމަގާހަމައަށް )
  4. ސްޓޭޖް އިރުމަތި: ސްޓޭޖް އިރުމަތިން ލާމިގަސް ޕާރކްތެރެއާއި ޕާރކް އިރުން ހަވީރީ ހިނގުމާއި އެކު، ގަނޑުވަރުމަގުން ޕާކާވީފަޅި.
  5. ބަނދަރު ސަރަހައްދު:

 

 

 

ސަރަހައްދު ނަމްބަރު 3

  1. އެދުރުކަލޭފާނުމަގު: ( ފުއްޓަރުމަގު އުތުރުން ދޮންކަލޭފާނުމަގާއި ހަމައަށް )
  2. އެދުރުކަލޭފާނުމަގު: ( އާދަމް ރިޔާޟު ގެވަޅުން ފެށިގެން ދެކުނަށް ޗާނދަނީމަގާއި ހަމައަށް ).
  3. ރަނިކަޕާރކް: ( ޕާރކްވަށައިގެންހުރި ގެތަކުން ފެށިގެން ޕާރކަށް ހިމެނޭ ސަރަޙައްދު ) .
  4. ނިކަގަސްކަޑާލި ސަރަޙާއްދު: (ސިލްވަހުސް ހުޅަނގުން، ހަނީމޫން އުތުރުން، ޔުނިކް އުތުރުން އެވަރގްރީންގެ އިރަށް އޮތް ސަރަހައްދު)
  5. ޗާނދަނީމަގު: ( އޯޝަންގޭގެ އިރުން އިރުމަތިފަރާތު އަތިރިއަށް )
  6. މުތީގޯޅި: ( ގަރީބީވިލާ އުތުރުން ޗާންދަނީމަގާއި ހަމައަށް )
  7. މިރިހިމަގަށް އިތުރުކުރިބައި:
  8. ބަނދަރު ސަރަހައްދު:

 

 

 

 

 

 

ސަރަހައްދު ނަމްބަރު 4

  1. ގްރީންޒޯން: ( ކުޅޭބިމުގެ ހުޅަނގުން، ތައުބާ މިސްކިތު ދެކުނުން އޮތް ސަރަހައްދު )
  2. ގްރީންޒޯން: ( ވިލުދޮޅި އާއި ނޫރާނީގެ ދެކުން އޮތް ސަރަހައްދު )
  3. އެދުރުކަލޭފާނު: ( ރައްވެހިމަގު އުތުރުން ޕްރީސްކޫލް ދެކުނު، އަދި ޕްރީސްކޫލް އުތުރުން ޗާނދަނީމަގާހަމައަށް )
  4. ރަށްވެހިމަގު: (އިރުމަތިންހުރިގޯތިތަކުގެ އިރުން އިރުމަތިފަރާތު ގޮނޑުދޮށަށް)
  5. އަބަދައްފެހިމަގު: (ހުޅަނގުންހުރި ގޯތިތަކުގެ ހުޅަނގުން ހުޅަނގުފަރާތުގޮނޑުދޮށަށް)
  6. އަބަދަށްފެހިމަގު: (ރަސްމީ ދަނޑުގެ އިރުމަތިން ފެށިގެން ފުޓްސަލް ދަނޑުގެ ހުޅަނގު ކައިރީއަށް)
  7. ރަށްވެހިމަގު: (އެދުރުކަލޭފާނުމަގުން ހުޅަނގުން ހުޅަނގުފަރާތުގޮނޑުދޮށަށް)
  8. ބަނދަރު ސަރަހައްދު:

 

                     މިމަސައްކަތުގެ އަގު ހަމަޖެހިފައިވަނީ މިސަރަހައްދު ތަކުގެ ހިސާބުނެގުމަށްފަހު އަކަފޫޓަކަށް ފައިސާޖެހޭ ނިސްބަތުންނެވެ.

ވީމާ މިކަންއާއްމުކޮށް އެންގުމައްޓަކައި އިޢުލާންކުރީމެވެ.

12 ޖުމާދަލް އާޚިރު 1441

06   ފެބްރުއަރީ  2020

 

06 ފެބުރުވަރީ 2020