މަސައްކަތް
ނަންބަރު: (IUL)KRH-PLD/2020/04
ޕަބްލިޝްކުރި ތާރީޚް: 06 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 13 ފެބުރުވަރީ 2020 11:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހދ.ކުރިނބީ ޞިއްޙީ މަރުކަޒުން ލެބޯޓްރީ ޓެސްޓް ހެދުމަށް ބޭނުންވާ ސާމްޕަލްތައް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އުފުލުމުގެ ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

ހދ.ކުރިނބީ ޞިއްޙީ މަރުކަޒުން ލެބޯޓްރީ ޓެސްޓު ތައް ހެދުމަށް ބޭނުންވާ ސާމްޕަލް ތައް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އުފުލުމުގެ ދަތުރު ކޮށްދޭނެ ފަރާތެއް ކޮންޓްރެކްޓް އުޞޫލުން 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ހޯދަން ބޭނުން ވެއެވެ.  

ވީމާ، މި ދެންނެވި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ހޮސްޕިޓަލް މީޓިންގ ރޫމަށް ނުވަތަ ކުރިނބީ ޞިއްޙީ މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

06 ފެބުރުވަރީ 2020