ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)405-A/2020/09
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 15:46
ސުންގަޑި: 07 ފެބުރުވަރީ 2020 16:15
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ކުނަހަންދޫ ކައުންސިލްގެ އިދާރާއިން ހަލާކުވެގެން ނަގާފައިވާ ބައު މުދާތަކެއް ނީލަމުގައި ވިއްކާލުން

 

އިޢުލާން

 

ލ.ކުނަހަންދޫ ކައުންސިލްގެ އިދާރާއިން ހަލާކުވެގެން ނަގާފައިވާ ބައު މުދާތަކެއް ނީލަމުގައި ވިއްކާލުން:

 

މި ކައުންސިލުން ހަލާކުވެގެންނާއި ބާވެގެން ނެގިފައި ހުރި ތަކެތީގެ ނީލަން ކިޔުން 07 ފެބްރުއަރީ 2020ވާ  ހުކުރު ދުވަހުގެ ހަވީރު 4:15 ގައި ކައުންސިލް އިދާރާގެ ގޯތިތެރޭގައި އޮންނާނެއެވެ. އަދި ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 03 ދުވަސް ތެރޭގައި އެތަކެތި ގެންދަވާ ނިންމަވަން ވާނެއެވެ. ނީލަމުން ނެންގެވި ތަކެތި 03ދުވަސް ތެރޭގައި ނުގެންދަވާ ނަމަ 3 ދުވަހުގެ ތެރޭގައި އެތަކެތި ނައްތާލެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

އަދި ދަންނަވަމެވެ. ނީލަމުން ނަންގަވާ ތަކެތީގެ ފައިސާ ނީލަން ނަންގަވާ ތާ ރަސްމީ 1 ދުވަސް ތެރޭގައި ދައްކަވާ ނިންމަވަން ވާނެއެވެ.

ވީމާ، މިތަކެތި ނީލަމުގައި ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހުގެ ހަމަޖެހިފައިވާ ގަޑިއަށް ކައުންސިލް ގޯތިތެރެއަށް ވަޑައިގެން ދެއްވުން އެދެމެވެ.

ވީމާ މިކަން ޢާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.

                 10 ޖުމާދަލް އާހިރު 1441

                 04  ފެބްރުއަރީ  2020 

05 ފެބުރުވަރީ 2020