ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)347/347/2020/5
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 12 ފެބުރުވަރީ 2020 13:00
އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1441 ވަނަ އަހަރުގެ ރަމަޟާން މަހު އިމާމުވެ ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ހޯދުން.

1441 ވަނަ އަހަރުގެ ރަމަޝާން މަހު އދ. ހަންޏާމީދޫ "މަސްޖިދުއްނަޞްރު" މިސްކިތުގައި އިމާމު ޙިފްޡުކޮށް ތަރާވީޙް ނަމާދު ކުރާނެ ޙާފިޡަކު ހޯދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2020 ފެބުރުއަރީ 12 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިއެވާ ކަންކަމަށް ދާނެ ޚަރަދުވެސް އެގޭގޮތަށް، ޙާފިޡަކު ގެނައިސްދެވޭނެ އަގުގެ ކޯޓޭޝަން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ މި އިދާރާގެ މެއިލް: [email protected] މެދުވެރިކޮށެވެ. ނުވަތަ މި އިދާރާއަށް ދުރުވެއެވެ.

އަދި ދަންނަވަމެވެ. ޙާފިޡު ގެނައުމަށްޓަކައި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހޯދަންޖެހޭ ހުއްދަ މި އިދާރާއިން ހޯދައި ދިނުމުން، މޯލްޑިވްސް އިމިގްރޭޝަނުން ހޯދަންޖެހޭ ހުއްދަތަށް ހޯދުމާއި ޙާފިޡް ރާއްޖެއައުމުން، ހަންޏާމީދުއާ ހަމައަށް ފޮނުވައި ދިނުމާއި، ހަންޏާމީދޫން މާލެ ގެންދިއުމުގެ ކަންތައްތަކާއި، ޙާފިޡަށްދޭންޖެހޭ އެލަވަންސްގެ ކަންތައްތައް ޙާފިޡު ގެނައުމާއި ޙަވާލުވާ ފަރާތުން ކޮށްދޭންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަންބޭނުންފުޅުވާ ފަރާތްތަކުން 6680633 ނަމްބަރަށް ގުޅުއްވުން އެދެމެވެ.

ރާއްޖެއިން ބޭރުގެ ޙާފިޡަކުނަމަ:

  • ފްލައިޓް ދެކޮޅު ޓިކެޓްގެ އަގު.
  • ދަތުރު ޚަރަދު (ރާއްޖެއާއި ރާއްޖޭން ބޭރުގެ ދަތުރުތައް ހިމެނޭގޮތަށް).
  • މާލޭގައި ހުރުމާއި ކެއުމުގެ ޚަރަދު.
  • ޙާފިޡަށްދޭ އެލަވަންސް.

މޯލްޑިވްސް އިމިގްރޭޝަނުން ހޯދަންޖެހޭ ހުއްދަތަކާއި، އިންޝުއަރެންސް ކުރުމުގެ އަގު.

05 ފެބުރުވަރީ 2020