ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު: GMIZL/IUL/PROC/2020/002
ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ތިރީގައި ބަޔާންކުރެވިފައިވާ ވެހިކަލް / މެޝިނަރީ ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާން ނަމްބަރ (GMIZL/IUL/PROC/2019/17) ގެ ޓެންޑަރ އަށް ބިޑްކުރި ފަރާތްތަކުން އެކަށީގެންވާ ޕްރޮޕޯސަލްތަކެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވެހިކަލް / މެޝިނެރީ |
ބްރޭންޑްތައް |
އަދަދު |
އެކްސްކަވޭޓަރ 30000 ކޭޖީ |
ކެޓަރޕިލަރ، ކޮބެލްކޯ، އެކްސް.ސީ.އެމް.ޖީ، ކޮމަޓްސު، ޕަވަރޕްލަސް |
01 |
ވީލް ލޯޑަރ 13000 ކޭޖީ |
ކެޓަރޕިލަރ، ކޮބެލްކޯ، އެކްސް.ސީ.އެމް.ޖީ، ކޮމަޓްސު، ޕަވަރޕްލަސް |
01 |
ޑަމްޕް ޓްރަކް 15000 ކޭޖީ |
ކެޓަރޕިލަރ، ކޮބެލްކޯ، އެކްސް.ސީ.އެމް.ޖީ، ކޮމަޓްސު އަދި ޕަވަރޕްލަސް ގެ އިތުރުން އެހެނިހެން ބްރޭންޑްތައް |
01 |
ޑަމްޕް ޓްރަކް 5000 ކޭޖީ |
ކެޓަރޕިލަރ، ކޮބެލްކޯ، އެކްސް.ސީ.އެމް.ޖީ، ކޮމަޓްސު އަދި ޕަވަރޕްލަސް ގެ އިތުރުން އެހެނިހެން ބްރޭންޑްތައް |
01 |
ތަފްޞީލް |
ތަން |
ދުވަސް |
ތާރީޚް |
ގަޑި |
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރވުން |
ޖީ.އެމް.އައި.ޒެޑް.އެލް ހެޑް އޮފީސް ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލާ |
- |
05 ފެބްރުއަރީ 2020 އިން 11 ފެބްރުއަރީ 2020 އަށް |
09:00 އިން 13:00 އަށް |
މަޢުލޫމާތު ކަރުދާސް ދޫކުރުން |
ބުދަ |
12 ފެބްރުއަރީ 2020 |
13:30 ފެށިގެން |
|
ޕްރީ ބިޑް މީޓިންގ |
އަންގާރަ |
18 ފެބްރުއަރީ 2020 |
10:30 ގައި |
|
ބިޑް ހުށައެޅުން އަދި ބިޑް ހުޅުވުން |
އަންގާރަ |
25 ފެބްރުއަރީ 2020 |
10:30 ގައި |
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުން ބީލަން ފޮތް ބައްލަވައިގަތުމަށްޓަކައި 500.00 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ދައްކަންވާނެއެވެ. ރަޖިސްޓްރޭޝަން ފީއަކީ 'ނޮން ރިފަންޑަބްލް' ފީއެކެވެ.
- އިޢުލާން ނަންބަރު GMIZL/IUL/PROC/2019/017 ގެ ދަށުން ރެޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކުން މި ބީލަމުގައި ބައިވެރިވުމަށް އަލުން ރަޖިސްޓްރޭޝަން ފީ ދައްކާކަށް ޖެހިވަޑައެއްނުގަންނަވާނެއެވެ.
- ބިޑް ސެކިއުރިޓީގެ ގޮތުގައި 200,000.00 ރުފިޔާ (ދެލައްކަ ރުފިޔާ) ބީލަން ހުށަހަޅުއްވާ އިރު ހުށަހަޅުންވަން ވާނެއެވެ. އަދި ބިޑް ސެކިއުރިޓީގެ މުއްދަތު ބިޑް ވެލިޑިޓީ މުއްދަތަށްވުރެ 30 (ތިރީސް ދުވަސް) އިތުރު ވާންވާނެއެވެ.
- ބީލަން ކާމިޔާބު ކުރައްވާ ފަރާތުން ބޭންކް ގެރެންޓީ އެއް ހުށަހެޅުމުން އެޑްވާންސް ފައިސާގެ ގޮތުގައި އަގުގެ (ފަނަރަ އިންސައްތަ) އަށްވުރެ ބޮޑު ނުވާގޮތަށް އެޑްވާންސް ފައިސާ ހަމަޖައްސައިދެވޭނެއެވެ.
- ބީލަން ކާމިޔާބު ކުރާ ފަރާތުން ޕާރފޯމެންސް ސެކިއުރިޓީގެ ގޮތުގައި އަގުގެ (ދިހަ އިންސައްތަ) ދައްކަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމާއި ގުޅޭ:
- ބީލަން ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ ބީލަމެކެވެ.
- ބީލަން ބާޠިލްވާ މުއްދަތު މަދުވެގެން 120 (ސަތޭކަ ވިހި) ދުވަހަށް ވާންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- ބީލަން ހުށަހަޅަން ވާނީ ދީފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.
ބީލަން ހުށަހެޅޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރ ވެފައިވާ ފަރާތްތަކަށެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކުންފުނީގެ ހެޑް އޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާއި އެކުއެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން ޕްރޮކިއުމަންޓް ސެކްޝަނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
10 ޖުމާދަލްއާޚިރާ 1441
04 ފެބްރުއަރީ 2020
ފެން ބިލްޑިންގް/ 4ވަނަ ފަންގިފިލި Fen Building/ 4th floor
އަމީނީމަގު، މާލެ، ދިވެހިރާއްޖެ Ameenee Magu, Male’, Republic of Maldives
ފޯން: 3307513،3307515 ފެކްސް: 3307514 Tel: 3307513, 3307515 Fax: 3307514