ވަޒީފާގެ ފުރުޞަތު
ނަންބަރު: GS04/IU/2020/03
ޕަބްލިޝްކުރި ތާރީޚް: 05 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:08
ސުންގަޑި: 13 ފެބުރުވަރީ 2020 14:00
ތ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ރިލީފް ޓީޗަރ

އިޢުލާނު

 

މި ސްކޫލްގެ މިދަންނަވާ މަގާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

 

މަޤާމް :                           ރިލީފް ޓީޗަރ ( ޕްރީ ސްކޫލް )

ބޭނުންވާ އަދަދު:                         01

ވަޒީފާ އަދާކުރާތަން :                       ތ. އަތޮޅު ތަޢުލީމީ މަރުކަޒު

މުއްދަތު :                           06 މަސްދުވަސް

މަޤާމް އޮތް އޮފީސް :                       ތ.އަތޮޅު ތަޢުލީމީ މަރުކަޒު 

 

މަޤާމުގެމަސްޢޫލިއްޔަތުތަކާއި ވާޖިބްތައް :

 

  1. މާސްޓަރ ޓައިމްޓޭބަލްގައި ކަނޑައެޅިފައިވާ ގަޑިތަކަށް ކުލާހަށް ޙާޟިރުވެ ކިޔަވައިދިނުން.
  2. ޙަވާލުކުރެވޭ ކޯކަރިކިއުލާރ ޙަރަކާތްތައް ދުވަހުން ދުވަހަށް ރާވައި ހިންގުން.
  3. ދަރިވަރުންގެ ކުރިއެރުމަށްޓަކައި އިތުރު ގަޑިތައް ނަގައިދިނުމާއި، ގަޑިތައް ރަނގަޅަށް ގެންދިއުމަށްޓަކައި ޓީޗަރެއްގެ ހައިސިއްޔަތުން ފުރިހަމަ ކުރާންޖެހޭ މަސައްކަތްތައް ކުރުން.
  4. ދަރިވަރުންގެ ކުރިއެރުމަށް ފުންކޮށް، ފުޅާކޮށް ވިސްނުންބަހައްޓައި ދަރިވަރުން ކުރިއަރަމުންދާ މިންވަރު ވަޒަންކޮށް ބެލެހެއްޓުން.
  5. ކިޔަވައި ދިނުމުގައި ގެންނަންޖެހޭ ބަދަލުތައް ސްކޫލުން އަންގާ ގޮތެއްގެ މަތީން ގެނައުމާއި ކިޔަވައިދިނުމުގައި ސްކޫލުން ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަކޮށް ހިފުން.
  6. ކުލަބު ނުވަތަ ހައުސްއެއް ހިންގުމަށް ޙަވާލުކުރެވިއްޖެނަމަ އެޒިންމާއެއް އަދާކުރުން.
  7. ސްކޫލްގެ މެނޭޖްމަންޓްގެ ނުވަތަ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ޓީމް މެމްބަރެއްގެ ގޮތުގައި ޙަރަކާތްތެރިވުން.

މަޤާމްގެ ޝަރުތު :  

މުވައްޒަފު އެންމެ މަތީ ތައުލީމީ ފެންވަރަކީ

މުސާރަ (މަހަކު)

ސަރވިސް އެލަވަންސް (މަހަކު)

ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވުން

4500.00ރ

1500.00ރ

މަތީ ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވުން

5500.00ރ

1500.00ރ

ކިޔަވައިދިނުމުގެ ރޮންގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލު ކުރުން

6090.00ރ

2500.00ރ

އިތުރު ޢިނާޔަތްތައް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ނޯޓް:

  • ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގ ސެޓްފިކެޓެއް ނުވަތަ ގުރޭޑް 10 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  • ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިންގެ ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިޙާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.
  • ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ. 

  

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

1-   ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

2-   މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

3-   މަސައްކަތުގެ ހުނަރާއި، ފެންވަރާއި ޤާބިލްކަމާއި ސިފަތައް

 

ހުށައަޅަންޖެހޭ ލިޔުންތައް :

1-  ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ތ.އަތޮޅު ތަޢުލީމީމަރުކަޒުން ލިބެންހުންނާނެއެވެ. )

2-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3-  ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފުކޮޕީއެއް

4-  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒިފާއިން ވީއްލުމާއިމެދު އިޢުތިރާޒެއް ނެތްކަމަށް ، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5-  ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ފެބްރުއަރީ 2020 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން، ތ. އަތޮޅު ތަޢުލީމީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 15 ފެބްރުއަރީ 2020 ވާ ހޮނިހިރުދުވަހު  ތ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ވީމާ، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ، އެތާރީޚުތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓުކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް  ބަލައި، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން  އެންމެ މަތިން މާރކްސް ލިބޭ 08 ފަރާތް ޝޯޓްލިސްޓްކުރެވޭނެއެވެ.

  މިމަޤާމަށް މީހަކު ހޮވުމަށް ކަނޑައެޅިފައިވާ  ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން %30 (ތިރީސް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން :

އިންޓަވިއު ބާއްވާތާ  ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780015 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected]   އަށެވެ.

05 ފެބުރުވަރީ 2020