ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 182-MTG/2020/04
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 17:07
ސުންގަޑި: 10 ފެބުރުވަރީ 2020 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފާމަސީއާއި ފާމަސިސްޓުންގެ ހުއްދައިގެ މުއްދަތު ހަމަވުމުން ހުއްދަ ގަވާއިދުން އައުކުރުމަށް

އިޢުލާން

                          

              މި އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ޚިދުމަތް ދެމުން ގެންދާ ފާރމަސީ ތަކުގެ ޚިދުމަތާއި ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން އާސަންދަ ކޮމްޕެނީ ލިމިޓެޑް އާއި އެކު މިގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

 

              މި މަސައްކަތުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވެފައި ވަނީ ބައެއް ފާމަސީތަކުގެ ހުއްދަ ޤަވާއިދުން އައު ކުރަމުން ގެންގޮސްފައި ނުވާކަމާއި ފާމަސިސްޓުންގެ ލައިސަންސް ޤަވާއިދުން އައުކުރަމުން ނުދާކަމެވެ.

 

              ބޭހާއި ބެހޭ ޤަވާއިދު ނަންބަރު (2014/R-46) ގައިވާ ގޮތުން ޑޮކްޓަރީ ބޭސް ވިއްކުމުގެ ހުއްދައިގެ މުއްދަތު ހަމަވުމުން ހުއްދަ އައު ނުކޮށް ހިންގުމަކީ މަނާކަމެއްކަމަށާއި ޤަވާއިދުން ހުއްދަ އައު ކުރެއްވުމަށް އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

04 ފެބުރުވަރީ 2020