ދިވެހިރާއްޖެ
އިޢުލާން
މޯލްޑިވް ގޭސް ޕވޓ ލޓޑ އިން ތިލަފުށި-ވިލިމާލެ- މާލެ އަދި ހުޅުމާލެ އަށް، މި ކުންފުނިން ދޭ ތާވަލްއާއި އެއްގޮތަށް ގޭސް އުފުލުމަށް ދޯންޏެއް ކުއްޔަށް ހިފުމަށް 21 ޖެނުއަރީ 2020 ގައި ކުރެވުނު އިޢުލާން (އިޢުލާން ނަންބަރ MGPL-I/PD/2020/01) އާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީވެ މި އިޢުލާން ބާތިލްކޮށް އަލުން މިކަމަށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
10 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގެ 15:00 އަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
16 ފެބުރުވަރީ 2020 ވާ އާދީއްތަ ދުވަހުގެ 15:00 އަށް |
ނޯޓް:
- ދޯނި ކެޕޭސިޓީ: މަދުވެގެން ދިގު މިނުގަ73 ފޫޓު ފުޅާމިނުގަ 23 ފޫޓު (10kg x 2500 ގޭސް ސިލިންޑަރ އުފުލޭ)
- އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
- މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޙްތިޔާރު މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަށް ލިބިގެންވެއެވެ. އަދި ހަމައެއާއެކު މި ޢިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ.
04 ފެބްރުއަރީ 2020،
އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21 (2 ވަނަ ފަންގިފިލާ)
އޯކިޑް މަގު
މާފަންނު
މާލެ، ދިވެހިރާއްޖެ
ފޯން:3335614