ވަޒީފާގެ ފުރުޞަތު
ނަންބަރު: HMH | IUL | 2020 | 017
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 15:42
ސުންގަޑި: 13 ފެބުރުވަރީ 2020 14:00
ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ލީގަލް އޮފިސަރ

 

މަޤާމް: ލީގަލް އޮފިސަރ

މަސައްކަތް ކުރަންޖެހޭ ތަން:ހުޅުމާލެ ހޮސްޕިޓަލް

ތަޢުލީމާ ތަޖުރިބާ:

  1. ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން
  2. ޕްރައިވެޓް ޕްރެކްޓިސް ކުރުމުގައި މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1-      ޤާނޫނީ ގޮތުން ތައްޔާރު ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، އެފަދަ ކަންކަމުގައި ހޮސްޕިޓަލުގެ ފަރާތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާއި އެފަދަ ލިޔެކިޔުންތައް ބެލެހެއްޓުން

2-      ހޮސްޕިޓަލް ނުވަތަ ހޮސްޕިޓަލުގެ މުވައްޒަފުންގެ ފަރާތުން ކޯޓްތަކުގައި ވަކާލާތުކުރުން.

3-      ޤާނޫނީ އެކިއެކި މައްސަލަތަކާ ގުޅިގެން ހޮސްޕިޓަލުގެ ފަރާތުން ސަރުކާރުގެ އިދާރާތަކަށާއި އެހެނިހެން މުއައްސަސާތަކަށް އަދި އަމިއްލަ ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ލިޔެކިޔުން ތައްޔާރުކުރުން

4-      ހޮސްޕިޓަލުން ޤާނޫނީ ލަފާ ބޭނުންވާ އެންމެހައި ކަމެއްގައި ޤާނޫނީ ލަފާ ދިނުން.

5-      ހޮސްޕިޓަލާއި ގުޅުންހުރި ޤާނޫނުތަކުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމުގައްޔާއި އެ ގަވާއިދުތަކަށް ގާނޫނީ ބާރު ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި ސަރުކާރުގެ އެހެން މުއައްސަސާތަކާއި ގުޅިގެން މަސައްކަތްކުރުން.

6-      ޤާނޫނުތަކާއި ގަވާއިދުތަކަށް އަދި ހާލަތަށް އަންނަ ބަދަލުތައް ދިރާސާކޮށް އެކަމާއި ގުޅިގެން މުރާޖަޢާ ކުރަންޖެހޭ ހޮސްޕިޓަލުގެ އުޞޫލުތަކާއި އިޖުރާއަތްތަކާއި ބެހޭ ލަފާ އިސްވެދިނުން.

7-      ހޮސްޕިޓަލުން ތަހުގީގުކުރާ މައްސަލަތަކުގައި އެހީތެރިކަން ދިނުން.

8-      ހޮސްޕިޓަލުގެ އެކި ކަންކަމާއި ގުޅޭގޮތުން މުވައްޒަފުން ހުށަހަޅާ މައްސަލަތައް ބެލުމުގައި އެހީތެރިކަން ދިނުން.

9-      މަސައްކަތާއި ގުޅޭގޮތުން ހޮސްޕިޓަލުން ހަވާލުކުރާ އެހެނިހެންވެސް ރަސްމީ އެންމެހާ މަސައްކަތްތައް ކުރުން.

10-     ހޮސްޕިޓަލާއި ގުޅުންހުރި ޤާނޫނީ މައްސަލަތަކުގައި ހޮސްޕިޓަލު ތަމްސީލު ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

11-     ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ހޮސްޕިޓަލުން އެކުލަވާލާ ތަފާތު އުޞޫލުތަކާއި އިޖުރާއަތްތައް އެކުލަވާލުމުގައި ކަމާބެހޭ ޑިޕާޓްމަންޓުތަކަށް އެހީތެރިވެދިނުން.

 

މުސާރައާއި އިނާޔަތް :

މުސާރަ:

މަހަކު -/10020 ރ.

ސަރވިސް އެލެވަންސް:       

މަހަކު -/3600 ރ.

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މުސާރައިގެ %35 (މަހަކު)

       ކުރިމަތިލުމުގެ ސުންގަޑި: 13 ފެބްރުވަރީ 2020 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ހުޅުމާލެ ހޮސްޕިޓަލުގެ އިދާރީ އޮފީސް (ލޮޓް ނަންބަރ E-01—04 އިރުދޭމާ ހިނގުން، އެންޒީ ބޭކަރީ މަތީ ފަންގިފިލާއަށް ( ހުށަހެޅުއްވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ. ވަޒީފާއަށް އެދޭ  ފޯމް ހުޅުމާލެ ހޮސްޕިޓަލްގެ އިދާރީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ހޮސްޕިޓަލްގެ ވެބްސައިޓް www.hmh.gov.mv އިން ފޯމް ޑައުންލޯޑް ކުރެވޭނެއެވެ.

  • ވަޒީފާއަށް އެދޭ ފޯމު.
  • ސީވީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން
  • އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕޮލިސް ރިޕޯޓް

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލްގެ 3350134 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

04 ފެބުރުވަރީ 2020