މަސައްކަތް
ނަންބަރު: MGPL-I/PD/2020/05
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 15:40
ސުންގަޑި: 11 ފެބުރުވަރީ 2020 14:45
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މޯލްޑިވެގޭސް ތިލަފުށީ އޮކްސިޖަން ޕްލާންޓްރޫމްގެ ޓިނު ބަދަލްކުރުން

އިޢުލާން

މޯލްޑިވްގޭސް ތިލަފުށީގައި އިމާރާތް ކުރެވިފައިވާ އޮކްސިޖަން ޕްލާންޓްރޫމްގެ ޓިިނު ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތައްހޯދަން ބޭނުންވެއެވެ.

މަސައްކަތުގެ ތަފުސީލް:

-          ޕުލާންޓްރޫގެ ރޫފިންގައި މިހާރު ހުރި ޓިނުތަކާއި ތިނބި، ފުލޭޝިން، ދިޔަދޮވިތަށް ނެއްޓުން

-          އާޓިނު ޖެހުމުގެ ކުރިން ވަޔަރމެޝް އަޅާ ރޮކުވޫލް / ގުލާސްވޫލް އެޅުން

-          ޕުލާންޓްރޫމު ރޫފިންގގައި އާޓިނު ޖެހުން

-          ނަލަ ފިލާ ހަރުކުރުން

-          ތިނބި ، ފުލޭޝިން ، ދިޔަދޮވި ހަރުކުރުން

-          ފުރާޅު ރޫޅުމަށްފަހު އުކާލަންޖެހޭ ލަކުނޑި އަދި ޓިނުފަދަތަކެތި ކުންފުނިން ބުނާސަރަހައްދަކަށް ގެންދިއުން

  

ވީމާ، މިކަމަށް ޝައުގުވެރިވެ ލައްވާ  ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލާާއި އެއްގޮތްވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

11 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 14:45 އަށް

އިންފޮމޭޝަން ދިނުން އޮންނާނީ މޯލްޑިވްގޭސް ތިލަފުށީ ގޭސް ޕްލާންޓްގައެވެ. އަދި ތިލަފުއްޓަށް ދިއުމުގެ ކަންކަން ހަމަޖައްސަންވާނީ އެފަރާތަކުންއަމިއްލައަށެވެ.  

އަންދާސީ ހިސާބު ހުށަހެޅުމަށް

16 ފެބްރުއަރީ 2020 ވާ އާދީއްތަ ދުވަހުގެ  14:00 އަށް

މޯލްޑިވްގޭސް ހެޑްއޮފީސް / އެސް.ޓީ.އޯ ޓްރޭޑް ސެންޓާރ 2 ވަނަފަގިފިލާ

 

 

 

ނޯޓް:

  • އަގު ހުށަހެޅުމުގެ ފުރުސަތު ލިބޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ކޯޓޭޝަންތައް ބާތިލް ކުރެވޭނެއެވެ.
  • މި އިއުލާން ކޮންމެ ވަގުތެއްގައިވެސް ބާތިލްކުރުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
  • މި އިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާނަމަ މިކުންފުނީގެ ނަންބަރު 3335614 އަށް ގުޅުއްވުން އެދެމެވެ.

 

04 ފެބްރުއަރީ 2020،

އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21  (2 ވަނަ ފަންގިފިލާ)

އޯކިޑް މަގު

މާފަންނު

މާލެ، ދިވެހިރާއްޖެ

ފޯން:3335614

04 ފެބުރުވަރީ 2020