ދިވެހިރާއްޖެ
ފުޓްބޯޅަ އެސޯސިއޭސަން އޮފް މޯލްޑިވްސް
މާލެ، ދިވެހިރާއްޖެ
ނަންބަރު: FAM/IUL/2020/004
އިޢުލާން
ފުޓްބޯޅަ ބޭސިކް ރެފްރީ ކޯސް
11 ފެބްރުއަރީ 2020 އިން 20 ފެބްރުއަރީ 2020 ގެ ނިޔަލަށް މާލޭގައި ފުޓްބޯޅަ ބޭސިކް ރެފްރީ ކޯހެއް ބެއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ އަންހެން / ފިރިހެން ފަރާތްތަކުން، ތިރީގައި އެވާ ލިންކްއިން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް އޮންލައިންކޮށް 31 ޖެނުއަރީ 2020 ވަނަ ދުވަހުގެ ކުރިން ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ.
މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް https://forms.gle/EE5DXFJ2jqgaP8po8 މި ލިންކް އިން އޮންލައިންކޮށް ފުރިހަމަ ކުރުމަށް ދަންނަވަމެވެ.
ޝަރުތުތަށް:
1- އިނގިރޭސި ބަހުން ރަގަޅަށް ވާހަކަ ދައްކަން އިގުމާއި ލިޔަން އިގުން.
2- މި ކޯހުގައި ބައިވެރިވުމުގެ އުމުރު ފުރާއަކީ 16 އަހަރާ 25 އަހަރާއި ދެމެދު.
3- ޕޮލިސް ރިޕޯރޓް.
4- ގްރޭޑް ހަތަކުން (7) ފާސްވެފައި ވުން.
- މި ކޯހުގައި ބައިވެރިވާ ބައިވެރިންގެ ތެރެއިން، ކޯހަށް ހޮވޭ ފަރާތްތަކުން 1500 (ފަނަރަ ސަތޭކަ) ރުފިޔާގެ ފީއެއް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
20 ޖެނުއަރީ 2020