ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިއިދާރާގައި ކަރަންޓް ވައިރިން ތްރީފޭސް ކަރަންޓަށް ބަދަލުކުރަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތައް 05 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުން ފެށިގެން 12 ފެބުރުވަރީ 2020 ވާ ބުދަ ދުވަހުގެ ނިޔަލަށް، ހެނދުނު 09:00 އިން 12:00 އަށް މި ކައުންސިލަށްްް ވަޑައިގެން ރެޖިސްޓަރ ކުރެއްވުމަށް އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 13 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި ކައުންސިލް އިދާރާގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން، 18 ފެބުރުވަރީ 2020 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި މި އިދާރާގައި އޮންނެއެވެ.
މި އިއުލާނާއި ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 12 ފެބުރުވަރީ 2020 ވާ ބުދަ ދުވަހު ހެނދުނު 10:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރަޖިސްޓަރކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.