ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)FHS/2/2020/07
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:49
ސުންގަޑި: 10 ފެބުރުވަރީ 2020 13:30
ފެކަލްޓީ އޮފް ހެލްތު ސައެންސަސް
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ

ޕާރޓްޓައިމް ލެކްޗަރަރ އިން ބޭނުންވެއްޖެ.

ފެކަލްޓީ އޮފް ހެލްތް ސައިންސަސް

މާލެ، ދިވެހިރާއްޖެ

މިފެކަލްޓީން ލ. ގަމު ކެމްޕަހުގައި ހިންގާ އެޑްވާންސްޑް ސެޓިފިކެޓް އިން ކައުންސެލިންގ ކޯހުގެ ތިރީގައި މިދަންނަވާ މާއްދާތައް ބްލޮކް މޯޑަށް ކިޔަވައިދެއްވުމަށް ޕާރޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުވެރިވެ ވަޑައިގަންނަވާ ފަރާތްޕުޅުތަކުން މިފެކަލްޓީއަށް ސިޓީފޮނުއްވުން އެދެމެވެ. ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

މާއްދާތައް:

1- ޕްރޮފެޝަނަލް އެންޑް އޯގަނައިޒޭޝަނަލް އިޝޫސް، 2- ކައުންސެލިންގ އިން އަ ޑައިވާރސް ސޮސައިޓީ،

3- ކައުންސެލިންގ ތިއަރީ  4- އެޑުވާންސްޑް ކައުންސެލިންގް ސްކިލްސް.

ޝަރުތު:

މާއްދާތަކާއި ގުޅޭ ދާއިރާއިން ބެޗިލާރސް ޑިގްރީ ޙާސިލްކޮށްފައިވުމާއެކު ނުވަތަ އެއާ އެއްވަރުގެ ސަނަދެއް  ޙާޞިލް ކޮށްފައިވުމާއި އެކު 2 އަހަރު ދުވަހުގެ މާއްދާ އާއި ގުޅުންހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

(ނޯޓް: ކިޔަވައި ދިނުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

އުޖޫރަ:

ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެއިތުރަށް މާކުކުރާ އެސައިންމަންޓް ތަކަށާއި، އޮންލައިން މަސައްކަތްތަކަށް އަދި އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާ އެކު ހުށައަޅަންޖެހޭ ތަކެތި

1-     ހުށައަޅާ ސިޓީގައި ކިޔަވައިދޭން ބޭނުންވާ މާއްދާތައް ބަޔާންކޮށްފައި އޮންނަންވާނެއެވެ.

2-     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

4-     ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ތައްގަޑު ޖަހާފައިވާ)

އިތުރު މައުލޫމާތު

- މިއީ ބްލޮކް މޯޑަށް ކިޔަވައިދޭ ކޯހަކަށްވުމުން ކުލާސްތައް އޮންނާނީ މިފެކަލްޓިން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށް ކަނޑައެޅޭ ދުވަސްތަކުގައެވެ.

- ސެމިސްޓަރ އެއްގައި ހިމެނޭނީ 4 ބްލޮކެވެ. ކޮންމެ ބްލޮކެއްގައި 4 ދުވަހެވެ.

- ކިޔަވައި ދެއްވުމަށް ކެމްޕަސްއަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދެކޮޅު ޓިކެޓާއި އެކޮމަޑޭޝަނަށާއި ފަރިއްކޮޅަށް ކަނޑައެޅިފައިވާ ރޭޓުން ފައިސާ ހަމަޖައްސައި ދެވޭނެއެވެ.

- މީހުން ހޮވުމުގައި ޔުނިވަރސިޓީއެއްގައި މި ދާއިރާގެ މާއްދާތައް ކިޔަވާދެއްވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-       އިތުރު މައުލޫމާތު ބޭނުންފުޅު ނަމަ މިފެކަލްޓީގެ ނަމްބަރު 3346535 ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި

10 ފެބުރުވަރީ 2020 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މިފެކަލްޓީ އަށް ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ނަމަ [email protected]  އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

04 ފެބުރުވަރީ 2020