ދިވެހިރާއްޖެ
ދެއްވަދޫ ކައުންސިލްގެ އިދާރާއަށް ޕިކަޕެއް ގަތުމާއިބެހޭ
މިއިދާރާއަށް ޕިކަޕެއް ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރ 411-B/IUL/2020/2 (20 ޖަނަވަރީ 2020) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބް ހުށަހަޅާފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 ފެބުރުވަރީ 2020 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 16 ފެބުރުވަރީ 2020 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00އަށް މިއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 16 ފެބުރުވަރީ 2020 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11.00 ގައި މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީގެ ބައްދަލުވުމުގައި، އަންދާސީ ހިސާބު ހުށަހެޅުއްވި ފަރާތްތަކުގެ ޙާޟިރުގައެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.