ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)268/2020/9
ޕަބްލިޝްކުރި ތާރީޚް: 04 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 10 ފެބުރުވަރީ 2020 13:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް ބޭނުންވާ ސްޓޭޝަނަރީސް، ފޮޅާސާފުކުރާ ތަކެތި އަދި އެހެނިހެން ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލުންދޭ މަޢުލޫމާތާއެއްގޮތަށް މިކައުންސިލަށް ބޭނުންވާ ސްޓޭޝަނަރީސް، ފޮޅާ ސާފުކުރާތަކެތި އަދި އެހެނިހެން ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 10 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 13 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާ ފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި ސިޓީގައި ބަދަލުގައި ހާޒިރުވާ މީހާގެ ނަމާއި އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަމްބަރ 6520042 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

04 ފެބުރުވަރީ 2020