ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS6/1/2019/31
ޕަބްލިޝްކުރި ތާރީޚް: 03 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:51
ސުންގަޑި: 16 ފެބުރުވަރީ 2020 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ސަރުކާރުގެ "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ފުވައްމުލަކު ސިޓީގައި ޤާއިމްކުރެވިފައިވާ 200 ހައުސިންގ ޔުނިޓް ފޮޅާ ސާފުކުރުމާއި، މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ

  1. ސަރުކާރުގެ "ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ފުވައްމުލަކު ސިޓީގައި ޤާއިމްކުރެވިފައިވާ 200 ހައުސިންގ ޔުނިޓް  ފޮޅާ ސާފުކުރުމާއި، މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
  2. މި މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް (އަމީނީމަގު)  ވަޑައިގެން ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރެއްވުމަށް އެދެމެވެ. އަދި ބިޑް ހުށަހެޅުމަށް ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދަންނަވަމެވެ.

ބިޑް ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރުން

މިނިސްޓްރީގެ ރިސެޕްޝަން

04 ފެބްރުވަރީ 2020ގެ 08:30 އިން 05 ފެބްރުވަރީ2020 ގެ 13:30 އަށް

ޕްރީ ބިޑް މީޓިންގ

މިނިސްޓްރީގެ މީޓިންގރޫމް 4

06 ފެބްރުވަރީ2020 ގެ 11:00 އަށް

ބިޑް ހުށަހެޅުން

މިނިސްޓްރީގެ މީޓިންގރޫމް 4

16 ފެބްރުވަރީ2020 ގެ 12:00 އަށް

  1. މައުލޫމާތު ސާފުކުރެއްވުމަށް މައުލޫމާތު ސެޝަނަށް ވަޑައިނުގަންވާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.       
  2. ބީލަން ހުށަހަޅަންޖެހޭ ތާރީޚަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހަށްފަހު ރަސްމީކޮށް ހުޅުވޭ ދުވަހު ބިޑް ހުޅުވަން މަތީގައި ދެންނެވިފައިވާ ގަޑިއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
  3. މި މަސައްކަތަށް ހުށަހަޅުއްވާ ޖުމްލަ އަގު 250,000/- (ދެލައްކަ ފަންސާސް ހާސް) ދިވެހި ރުފިޔާއަށްވުރެ ބޮޑުނަމަ، މި މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 4,200/- (ހަތަރުހާސް ދުއިސައްތަ ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 120 ދުވަހެވެ.
  4. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2020 ފެބްރުއަރީ 13 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.     
03 ފެބުރުވަރީ 2020