މަސައްކަތް
ނަންބަރު: (IUL)ADAH-AH/INDIV/2020/7
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 10 ފެބުރުވަރީ 2020 13:30
އދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އދ.ދިގުރަށު ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތުކުރުން

އދ. ދިގުރަށު ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތު ކުރުމަށް ކުރަންހުރި މަސައްކަތްތައްކުރާނެ ފަރާތެއް ހޯދުމަށްކުރި ދެވަނަ (ނަމްބަރު: (IUL)ADAH-AH/INDIV/2020/4) އިޢުލާނަށް އެއްވެސްފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ މިއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 04 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުން ފެށިގެން 10 ފެބްރުއަރީ 2020 ވާ ހޯމަ ދުވަހާ ހަމައަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 08:30 އިން 13:30 އާއި ދޭތެރޭ އދ. ދިގުރަށު ޞިއްޙީމަރުކަޒުގެ އޮފީހަށް ނުވަތަ އދ.އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް ދުރުވެ ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިލައްވާނެއެވެ. އަދި 09 ފެބްރުއަރީ 2020 ވާ އާދިއްތަ ދުވަހު ހެނދުނު 11:00 ގައި ޕްރީބިޑް ސެޝަންއެއް އދ. ދިގުރަށު ޞިއްޙީމަރުކަޒާއި އދ.އަތޮޅު ހޮސްޕިޓަލުގައި އޮންނާނެއެވެ. 

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 11 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އދ. ދިގުރަށު ޞިއްޙީމަރުކަޒު ނުވަތަ އދ.އަތޮޅު ހޮސްޕިޓަލު ގައެވެ.

މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 09 ފެބްރުއަރީ 2020 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 ގެ ކުރިން [email protected] އަށް ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަވެސް ދަންނަވަމަވެ.

02 ފެބުރުވަރީ 2020