ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)405-A/2020/07
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 14:34
ސުންގަޑި: 12 ފެބުރުވަރީ 2020 13:30
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ.ކުނަހަންދޫ ނެރު ފަސްގަނޑު ކުއްޔަށް ދޫކުރުމާއި ބެހޭ

އިޢުލާން

 

ލ.ކުނަހަންދޫ ނެރު ފަސްގަނޑު ކުއްޔަށް ދޫކުރުމާއި ބެހޭ

 

ލ.ކުނަހަންދޫގައި ނެރު ކޮނުމަށްނެގި ފަސްގަނޑު ހިމާޔަށް ކުރުމަށް ބަޔަކާއި ހަވާލްކޮށްގެން ކުރިޔަށް ގެންދިއުމަށް ބޭނުންވާތީ އިޢުލާން ކުރީމެވެ.

ވީމާ ލ.ކުނަހަންދޫ ނެރު ކޮށްނުމަށް ނަގާފައިވާ ފަސްގަނޑު ހިމާޔަށްކޮށް ދިރުވާ އާލާކުރުމަށް ސައުގުވެރިވާ  ފަރާތްތަކުން   12 ފެބުރުވަރީ 2020 ވާ ބުދަ ދުވަހުގެ 13:30 އަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން  މައުލޫމާތު ސާފުކުރުމަށްފަހު   23 ފެބުރުވަރީ 2020 ވާ އާދިއްތަ ދުވަހުގެ 13:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން  އެދެމެވެ.

މަޢުލޫމާތު ސާފްކުރުމަށް ޙާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯޝަލް ބަލައެއްނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. އަދި ކުންފުނި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ކަމުގެ ލިޔުމުގެ ކޮޕީއެއް ވެސް ގެންނަންވާނެއެވެ. އަދި ބަދަލްގައި މީހަކު ފޮނުވާނަމަ އެ ފޮނުވާ ފަރާތަކީ ކޮންފަރާތަކުން ހާޒިރުވި މީހެއްކަން އެގޭނެ ފަދަ ލިއުމެއް އޮންނަންވާނެއެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 9995970 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

ވީމާ ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.  

08 ޖުމާދަލް އޫލާ 1441

02  ފެބުރުވަރީ 2020

02 ފެބުރުވަރީ 2020