ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
26 ޖަނަވަރީ 2020 ގައި މިސްކޫލުގެ އިޢުލާން ނަންބަރ GS128/IUL/2020/06 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރަން ހާޒިރުވެފައިނުވާތީ، އެއިޢުލާން ބާތިލުކޮށް ތިރީގައި މިދަންނަވާ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
1- ދަރިވަރުންނާއި މުވައްޒަފުން ބޯން ބޭނުން ކުރާ ފެންހަންތައް ދެކުނުފަރާތަށް ބަދަލުކޮށް ހިޔާކުރުން
2- ފާރުރޭނުމާއި ސިމެންތިޖެހުން
3- ވޯލްސީލާއާއި ކުލަލުން
4- ފެންވައިރިންނާއި ގުޅާލުން
5- ހަންތަކަށް ފެންއެޅޭގޮތަށް ފުރާޅާއި ގުޅާލުން
6- މޯޓަރ ބެހެއްޓުމާއި ކަރަންޓް ގުޅުން
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ގަޑިތަކަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
6 ފެބްރުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މަޑުއްވަރީ ސްކޫލްގައި |
11 ފެބްރުއަރީ 2020 ވާ އަންގާރަ ދުވަހުގެ 14:00 ގައި މަޑުއްވަރީ ސްކޫލްގައި |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، އެކަން އެނގޭނެ ލިޔުމަކާއެކު، ބަދަލުގައި ފޮނުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.
އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި، ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
މިމަސައްކަތަށް އެދި ހުށައަޅުއްވާ ސިޓީއުރާގެ ބޭރުގައި " މަޑުއްވަރީ ސްކޫލުގެ މަރާމާތުތައް ކުރުން" މިހެންލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ޕްރޮޕޯސަލް ހުށައަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި އޮންނަންވާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6580146 އަށް ގުޅުއްވުން އެދެމެވެ.