ވަޒީފާގެ ފުރުޞަތު
ނަންބަރު: GS93/I/2020/4
ޕަބްލިޝްކުރި ތާރީޚް: 02 ފެބުރުވަރީ 2020
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 13 ފެބުރުވަރީ 2020 14:00
ނެއްލައިދޫ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

 

  

ނެއްލައިދޫ ސްކޫލް

ހދ. ނެއްލައިދޫ، ދިވެހިރާއްޖެ

 

            ނަންބަރ:   GS93/I/2020/4 

 

ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާނެ މުވައްޒަފުން ހޯދުން 

މަޤާމު: ރިލީފް ޓީޗަރ

މަޤާމުގެ ނަންބަރު : -

ބޭނުންވާ އަދަދު : ޤްރުޢާން ( 1 ) އެކެއް

            ޕްރައިމަރީ ( 2 ) ދެއެއް

            ޕްރީސްކޫލް ( 1 ) އެކެއް

މަޤާމުގެ ގިންތި : ވަގުތީ

މަޤާމުގެ ރޭންކް : ޖީ.އެސް 3 ން ސީ.އެސް 9 ށް ( ތަފްސީލް ބަޔާން ކުރެވިފައި )

މަޤާމުގެ ކްލެސިފިކޭޝަން : އޮފިސަރ ގރ.1 ން ސީނިއަރ އޮފިސަރ ގރ.2 ށް (ތަފްސީލް ބަޔާން ކުރެވިފައި )

ވަޒީފާ އަދާކުރަންޖެހޭ ތަން : ނެއްލައިދޫ ސްކޫލް ހދ.ނެއްލައިދޫ

މުސާރާ : 4500 ރފ ން 6090 ރފ ށް (ތަފްސީލް ބަޔާން ކުރެވިފައި )

ސަރވިސް އެލަވަންސް : 1500 ން 2500 ށް

އެހެނިހެން އެލަވަންސް :

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފާއިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

ރިލީފް ޓީޗަރގެ މަޤާމަށް ކުރިމަތިލާ މީހުންނަކީ ، ކަނޑައެޅިފައިވާ މާއްދާތައް ނަގައިދެވުމާއެކު ޕްރައިމަރީ  ގަޑިތައް ނަގައިދެވޭނެފަދަ  ޤާބިލް އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެފަދަ މީހަކަށްވާން ވާނެއެވެ.

ނޯޓް : ރިލީފް ޓީޗަރ ކޮންޓްރެކްޓް ކުރެވޭނެ މުއްދަތަކީ ދިރާސީ އަހަރުގެ ނިޔަލަށެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް :

 (1)   ދަރިވަރުންނަށް އުނގަންނައިދިނުމުގެ އެންމެހާ ޙަރަކާތްތައް ރާވާ ހިންގުން.

(2)   ޓައިމްޓޭބަލްއާ އެއްގޮތަށް ކިޔަވައިދިނުން

 (2) ސްކޫލްގެވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް،ދަރިވަރުންގެ ނަތީޖާގެފެންވަރު މަތިކުރުމަށް މަސައްކަތް ކުރުން.

 (3) މުޖްތަމަޢާއި ސްކޫލާއި އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއް ކަމަށް ހެދުން.

(4) ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކްލާހުގަޔާއި ކްލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

(5) ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ލެސަންޕްލޭން ތައްޔާރުކުރުން

(6) ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން.

މަޤާމުގެ ޝަރުތުތައް : (ތަފްސީލް ބަޔާން ކުރެވިފައި )

ހުށަހަޅަންޖެހޭ ލިޔުންތައް :

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ( މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް  ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  1. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމާ، އެ ސެޓުފިކެޓުގެކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ ، އަދި ވަޒީފާގެ މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް  ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި ، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާތަނުގެ މުވައްޒަފުންގެ އަދަދު  ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއްހޮވުމަށް ބެލޭނެކަންތައްތައް.

 * ތަޢުލީމާއި ތަމްރީން

 * މަސައްކަތުގެ ތަޖުރިބާ

 * ލިބިފައިވާ ހުނަރު

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2020 ފެބުރުވަރީ 13 ވާ ބުރާސްފަތި ދުވަހުގެ 14.00 ގެ ކުރިން ނެއްލައިދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން  ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު :

މިމަޤާމްތަކަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2020 ފެބުރުވަރީ 16 އާއި 2020 ފެބުރުވަރީ 20 އާ ދެމެދުގެ ތާރީޚެއްގައި ނެއްލައިދޫ ސްކޫލްގައެވެ. ވީމާ މިމަޤާމްތަކަށް ކުރިމަތިލައްވާ ފަރާތްތަކުން މިތާރީޚްތަކުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

                        މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފްކުރުމަށް ގުޅާނީ 6520534 އަށެެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

މުސާރާ އާއި އިނާޔަތްތަކުގެ އަދި މަޤާމާއި ގުޅޭ އިތުރު ތަފްސީލް.

ތަޢުލީމީ ފެންވަރު / ޝަރުތު

މުސާރަ (މީލާދީ މަހަކަށް )

ސަރވިސް އެލަވަންސް ( މީލާދީ މަހަކަށް )

މަގާމުގެ ރޭންކް

މަގާމުގެ ކްލެސިފިކޭޝަން

ޘާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން

4500

1500

ޖީ.އެސް 3

އޮފިސަރ ގރ.1

މަތީޘާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން

5500

1500

އެމް.އެސް 1

ސީނިއަރ އޮފިސަރ ގރ.1

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

6090

2500

ސީ.އެސް 9

ސީނިއަރ އޮފިސަރ ގރ.2

ރިލީފް ޓީޗަރގެ މަޤާމަށް ކުރިމަތިލާ މީހުންނަކީ ، ކަނޑައެޅިފައިވާ މާއްދާތައް ނަގައިދެވުމާއެކު ޕްރައިމަރީ  ގަޑިތައް ނަގައިދެވޭނެފަދަ  ޤާބިލް އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެފަދަ މީހަކަށްވާން ވާނެއެވެ.

 ނޯޓް : *  ޘާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލެވޭނީ ގްރޭޑް 10 ނިންމައި ލީވިން ސެޓްފިކެޓް ނުވަތަ ގްރޭޑް 10 ނިންމައި ޘާނަވީ އިމްތިޙާނެއްގައި ބައިވެރިވެފައިވާ ލިޔުމެއް ހުށަހަޅާފައިވާނަމައެވެ.

  • މަތީޘާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލެވޭނީ ގްރޭޑް 12 ނިންމައި ލީވިން ސެޓްފިކެޓް ނުވަތަ ގްރޭޑް 12 ނިންމައި މަތީޘާނަވީ އިމްތިޙާނެއްގައި ބައިވެރިވެފައިވާ ލިޔުމެއް ހުށަހަޅާފައިވާނަމައެވެ.
  • ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ޘާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

08 ޖުމާދަލް އާޚިރު 1441

02 ފެބުރުވަރީ  2020

02 ފެބުރުވަރީ 2020