ވަޒީފާގެ ފުރުޞަތު
ނަންބަރު: AIA-HR/ADM/IL/2020/0006
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 08:47
ސުންގަޑި:
06 ފެބުރުވަރީ 2020 15:00
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އެސިސްޓެންޓް ރޭމްޕް ޑްރައިވަރ
އެސިސްޓެންޓް ރޭމްޕް ޑްރައިވަރ
- ބޭނުންވާ އަދަދު: 01
- މުސާރަ:-/5080 ރުފިޔާ ( އަސާސީ މުސާރައިގެ އިތރުން ދެވޭ އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައް ކޮމްޕެނީ ޕޮލިސީގެ ދަށުން ދެވޭނެއެވެ.)
މަޤާމުގެ ޝަރުޠު:
- ގްރޭޑް 10 ނިންމާފައިވުން (ނުވަތ)
- މަސައްކަތާއި ގުޅޭގޮތުން 2 އަހަރު ދުވަހުަގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، އަދި
- 04 ފުރަޅުލީ އިންޖީނު އުޅަދު ދުއްވުމުގެ ލައިސަންނސް ލިބިފައިވުން ( ކެޓަގަރީ B1, C1, C2 )
- އިނގިރޭސި އަދި ދިވެހިން ލިޔަން ކިޔަން އެނގުން
މަގާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން
- އުމުރުން 25 އަހަރާއި 45 އަހަރާއި ދެމެދު މީހެއް ކަމުގައިވުން
އާއްމުކޮށް ކުރަންޖެހޭ މަސައްކަތް:
- ގްރައުންޑް ސަޕޯޓްގެ ހުރިހާ އިކުއިޕްމެންޓް ތަކެއް އޮޕަރޭޓް ކުރުން.
- ގްރައުންޑް ސަޕޯޓްގެ ހުރިހާ އިކުއިޕްމެނެޓް ތަކާއި ވެހިކަލްތައް ސާފުކޮށް ފިއުލިންގް ގެ މަސައްކަތްތައް ބެލެހެއްޓުން.
- އެހެން މީހުންނާ ގުޅިގެން ހަވާލުކުރެވިފައިވާ މަސައްކަތް ކުރުން.
- މީގެ އިތުރުން ވަޒީފާއި ގުޅިގެން ޙަވާލު ކުރެވޭ މަސައްކަތްތައް ކުރުން
މަޤާމަށް ކުރިމަތިލާން ބޭނުންފުޅުވާ ފަރާތްތަކުން 06 ފެބްރުއަރީ 2020 ވާ ބްރާސްފަތި ދުވަހުގެ 15:00 ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް މެއިލް ނުވަތަ ސިޓީ ހަވާލުކޮށްދެއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމް ލިބެން ހުންނާނީ www.ganairport.com
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯރޓް ޕްރައިވެޓް ލިމިޓެޑް
ބިލްޑިންގ ނަންބަރ 100، ސ.ގަން، އައްޑޫ ސިޓީ
ނޯޓް: އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
29 ޖަނަވަރީ 2020