ދިވެހިރާއްޖެ
  | 
އިޢުލާން
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ހިއްސާ އިތުރުކޮށް، ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ މުއްސަނދިކަމުން މަސްވެރިންނަށް އިތުރު ނަފާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައި، ދިވެހި ޒުވާނުންނަށް އަމާޒުކޮށް ލޭނުގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމްތަކެއް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިއަހަރުވެސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވެއެވެ.
މި ޕްރޮގްރާމް ކުރިޔައްދާނީ ތިޔަރީ ސެޝަންތަކާއި، ޢަމަލީ މަސައްކަތްތަކެއްގެ މައްޗަށް ބަހާލެވިގެންނެވެ. ޢަމަލީ މަސައްކަތްތައް ކުރިޔަށް ގެންދާނީ މިނިސްޓްރީން ލޭނުއެޅުމަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އުޅަނދުގައެވެ. މި ތަމްރީން ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ މަސްވެރިންނަށް ލޭނުގެ މަސްވެރިކަމުގެ ޢަމަލީ ތަޖުރިބާ ފޯރުކޮށްދީ ރާއްޖޭގައި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެންކުރެވޭ ލޭނުގެ މަސްވެރިކަމަށް ދިވެހި ޒުވާން މަސްވެރިންނަށް ފުރުސަތު ހޯދައިދިނުމެވެ. އަދި ލޭނުއެޅޫމަށް ބޭނުންކުރާ އާލާތްތަކަށާއި ލޭނު އެޅުމަށް އަހުލުވެރިކުރުވުމެވެ.
| 
 ތަމްރީން އަމާޒުކުރާ ފަރާތް:  | 
 ލޭނުގެ މަސްވެރިކަންކުރުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތައް.  | 
| 
 ޝަރުތު:  | 
 މަސްވެރިކަމުގައި ޢަމަލީގޮތުގައި ހަރަކާތްތެރިވާފަރާތެއްކަމުގައިވުން ނުވަތަ މަސްވެރިކަމަށް ޝައުޤުވެރިވާ ފަރާތެއްކަމުގައިވުން.  | 
| 
 ހުށަހަޅަންޖެހޭ ތަކެތި:  | 
 ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމަށްއެދި ނަންހުށަހަޅާ ފޮނުވާ ސިޓީ، މި ސިޓީގައި މިހާރު މަސްވެރިކަމުގައި ހަރަކާތްތެރިވާނަމަ ހަރަކާތެރިވާ އުޅަނދުގެ ނަމާއި، ރަޖިސްޓްރީ ނަންބަރާއި އުޅަނދުގެ ކެޔޮޅާއިގުޅޭ ފޯނު ނަންބަރ އަދި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވާ ފަރާތުގެ ފޯން ނަންބަރ ހިމަނަންވާނެއެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 18 އަހަރުން ދަށުގެ ކުދިން މިކަމުގައި ބައިވެރިވުމަށް ބެލެނިވެރިން އިޢުތިރާޒުނުކުރާކަމުގެ ލިޔުން.  | 
| 
 ސުންގަޑި  | 
 27 ފެބްރުއަރީ 2020ވާ ބުރާސްފަތި ދުވަހުގެ 14.00ގެ ކުރިންނެވެ. ތަމްތީން ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ ފޮނުވާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަށް ނުވަތަ ކައުންސިލްގެ އިދާރާއަށެވެ.  | 
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.