ވަޒީފާގެ ފުރުޞަތު
ނަންބަރު: RDC-IUL/2020/011
ޕަބްލިޝްކުރި ތާރީޚް: 30 ޖަނަވަރީ 2020
ޕަބްލިޝްކުރި ގަޑި: 22:48
ސުންގަޑި: 05 ފެބުރުވަރީ 2020 12:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

                                   ވަޒީފާގެ ފުރުޞަތު

 މިކޯޕަރޭޝަންގެ ތިރީގައިމިވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް:

 ސިވިލް އިންޖިނިއަރ

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އިންޖިނައަރ - ގްރޭޑް 1

މުސާރަ:

 މަހަކު -/12,500  ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - ޓެކްނިކަލް އެލަވަންސް: އަސާސީ މުސާރައިގެ %25

 - އެހެނިހެން އެލަވަންސް: -/2325ރ

 އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) ނުވަތަ ކޯޕަރޭޝަންގެ ޕްރޮޖެކްޓް އޮފީސްތައް.

ފެންވަރު ނުވަތަ ޝަރުތު:

 - ސިވިލް އިންޖިނިއަރިން/ސްޓްރަކްޗަރަލް އިންޖިނިއަރިން އާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

އެހެނިހެން ޝަރުތު:

 - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

 - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

 - ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.

 - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 - ސަރވޭ ރިޕޯޓުތަކާއި، ޕްރޮޖެކްޓާއި ބެހޭ ކުރެހުންތަކަށް ބިނާކޮށް، ޕްރޮޖެކްޓް ރާވައި ހިންގުން.

 - ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭނޭހެން، ޕްރޮޖެކްޓުގެ މަސައްކަތްތައް ރާވައި ހިންގުން.

 - ޕްރޮޖެކްޓަށް ބޭނުންވާ ތަކެތީގެ ފެންވަރު ދެނެގަނެ، ތަކެތި ހޯދުމުގައި ލަފާދިނުން.

 - ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބަލައި، ހެދިފައިވާ ކުރެހުންތަކާއި ކަނޑައެޅިފައިވާ މިންގަނޑުތަކާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށްދޭތޯ ކަށަވަރުކުރުން.

 - ޕްރޮޖެކްޓުގެ މަސައްކަތްތައް ހިނގަމުންދާގޮތް އަމަލީ ގޮތުން ބަލައި ބޭނުންވާ ފަންނީ ލަފާދިނުން.

މަޤާމް:

 އާކިޓެކްޓް

ބޭނުންވާ ޢަދަދު:

 01 (އެކެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އާކިޓެކްޓް - ގްރޭޑް 1

މުސާރަ:

 މަހަކު -/11,000  ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - ޓެކްނިކަލް އެލަވަންސް: އަސާސީ މުސާރައިގެ %25

 - އެހެނިހެން އެލަވަންސް: -/2100ރ

 އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) ނުވަތަ ކޯޕަރޭޝަންގެ ޕްރޮޖެކްޓް އޮފީސްތައް.

ފެންވަރު ނުވަތަ ޝަރުތު:

 - އާރކިޓެކްޗަރ މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

އެހެނިހެން ޝަރުތު: 

 - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

 - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

 - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 - ޕްރޮޖެކްޓާއިބެހޭ ޑިޒައިންތަކާއި ކުރެހުންތައް ހެދުމުގައި މެނޭޖަރަށް އެހީތެރިކަން ފޯރުކޮށްދިނުން.

 - ތަފްސީލީ ކުރެހުންތައް ކަރުދާހުގަ އާއި ކޮމްޕިއުޓަރ ސޮފްޓްވެއަރ ބޭނުންކޮށްގެން ހެދުން.

 - ޕްރޮޖެކްޓްތަކުގެ ޑިޒައިންތަކާއި އެހެނިހެން ލިޔެކިޔުންތައް ތަރުތީބުުކޮށް ބެލެހެއްޓުން.

މަޤާމް:

 ސީނިރައ ޕްލޭނިން އޮފިސަރ

ބޭނުންވާ ޢަދަދު:

 02 (ދޭއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 ސީނިއަރ އޮފިސަރ - ގްރޭޑް 1

މުސާރަ:

 މަހަކު -/7,000  ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - އެހެނިހެން އެލަވަންސް: -/2800ރ

 އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 - ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) ނުވަތަ ކޯޕަރޭޝަންގެ ޕްރޮޖެކްޓް އޮފީސްތައް.

ފެންވަރު ނުވަތަ ޝަރުތު:

 - މަޤާމުގެ މަސައްކަތާއި ގުޅޭ/އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ސަނަދެއް ހާސިލްކޮށްފައިވުން.

އެހެނިހެން ޝަރުތު:

 - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

 - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

 - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 - ޕްރޮޖެކްޓް ޑިޒައިންކޮށް ރޭވުމާއިގުޅޭ މަސައްކަތްތަކުގައި ކަމާގުޅޭ އިދާރާތަކާއިއެކު ކުރަންޖެހޭ ލިޔެކިޔުމުގެ މުޢާމަލާތްތައް ތައްޔާރުކުރުން

 - ޕްރޮޖެކްޓް ޑިޒައިންކޮށް ރޭވުމާއިބެހޭ ރިޕޯޓުތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން

 - ޕްރޮޖެކްޓް ޑިޒައިންކޮށް ރޭވުމާއި ގުޅުންހުރި ލިޔުންތައް ބެލެހެއްޓުން

މަޤާމް:

 ސީނިރައ ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރ

ބޭނުންވާ ޢަދަދު:

 02 (ދޭއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 ސީނިއަރ އޮފިސަރ - ގްރޭޑް 1

މުސާރަ:

 މަހަކު -/7,000  ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - އެހެނިހެން އެލަވަންސް: -/2800ރ

 އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) ނުވަތަ ކޯޕަރޭޝަންގެ ޕްރޮޖެކްޓް އޮފީސްތައް.

ފެންވަރު ނުވަތަ ޝަރުތު:

 މަޤާމުގެ މަސައްކަތާއި ގުޅޭ/އެޑްމިނިސްޓްރޭޝަން/ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ސަނަދެއް ހާސިލްކޮށްފައިވުން.

އެހެނިހެން ޝަރުތު:

 - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

 - އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.

 - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 - ތަފާތު އެކި ސައިޓު ތަކުގައި ހިނގަމުންދާ ޕްރޮޖެކްޓް ތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބެލެހެއްޓުން

 - ޕްރޮޖެކްޓް ޑިޒައިންކޮށް ރޭވުމާއިބެހޭ ރިޕޯޓުތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން

 - ޕްރޮޖެކްޓް ޑިޒައިންކޮށް ރޭވުމާއި ގުޅުންހުރި ލިޔުންތައް ބެލެހެއްޓުން

މަޤާމް:

 ޕްރޮޖެކްޓް މެނޭޖްމަންޓް އޮފިސަރ

ބޭނުންވާ ޢަދަދު:

 03 (ތިނެއް)

މަޤާމުގެ ގިންތި:

 ކޮންޓްރެކްޓް

ކްލެސިފިކޭޝަން / ރޭންކް:

 އޮފިސަރ - ގްރޭޑް 1

މުސާރަ:

 މަހަކު -/5,500  ރުފިޔާ

އެހެނިހެން ޢިނާޔަތްތައް:

 - ސާރވިސް އެލަވަންސް : އަސާސީ މުސާރައިގެ %30

 - އެޓެންޑެންސް އެލަވަންސް: އަސާސީ މުސާރައިގެ %30

 - އެހެނިހެން އެލަވަންސް: -/2200ރ

 އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ) ނުވަތަ ކޯޕަރޭޝަންގެ ޕްރޮޖެކްޓް އޮފީސްތައް.

ފެންވަރު ނުވަތަ ޝަރުތު:

 - މަޤާމުގެ މަސައްކަތާއި ގުޅޭ/އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ،

 - ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން،

އެހެނިހެން ޝަރުތު:

 - މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވުން.

 - ގިނަވަގުތު މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

 

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 - ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތާއިބެހޭ ރިޕޯޓްތައް ހަދާ ބެލެހެއްޓުން

 - ޕްރޮޖެކްޓްތަކާއި ގުޅިގެން ކަމާއިބެހޭ އިދާރާތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ހެދުން

 - ދުވަހުން ދުވަހަށް ސައިޓްތަކަށް ބޭނުންވާ ތަކެތި ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން

ސުންގަޑި:

 މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 5 ފެބްރުއަރީ 2020 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

 ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. މީހާގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  4.  ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  6. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

 - އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

 - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

 - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، ފެބްރުއަރީ މަހުގެ ތާރީޚެއްގައިއެވެ.

އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 / 7811224 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 

                                5 ޖުމާދުލްއާޚިރު 1441

                                 30 ޖަނަވަރީ 2020

 

30 ޖަނަވަރީ 2020