ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު
ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.
މަޤާމް: |
ސެކިއުރިޓީ ގާޑް |
ބޭނުންވާ ޢަދަދު: 01 |
||
މަޤާމުގެ ބާވަތް: |
ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. އަދި މިވަޒީފާއަކީ ސިވިލްސާރވިސްގެ ވަޒީފާއެއް ނޫނެވެ. މިވަޒީފާއަކީ ވޭޖް އެމްޕްލޯއިމެންޓް އުޞޫލުން އުޖޫރަ ދެވޭ ވަޒީފާއެކެވެ.) |
|||
މުސާރައާއި އެލަވަންސް: |
މަސައްކަތު ނުކުންނަ ކޮންމެ ދުވަހަކަށް 250/- (ދުވިސައްތަ ފަންސާސް) ރުފިޔާ. |
|||
ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް: |
ހުކުރު، ޢީދު ، ޙައްޖު، ރަމަޟާންމަހާއި ހިޖުރީ އަދި މީލާދީ އަހަރު ފެށޭ ދުވަސް ފަދަ ދީނީ އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ހޮނިހިރު ދުވަސް ހިމެނޭގޮތަށް ކޮންމެ ދުވަހަކު ދަންވަރު 00:00 އިން ހެނދުނު 08:00 އަށް. |
|||
ތަޢްލީމީ ފެންވަރު: އަސާސީ ތަޢްލީމުގެ ފެންވަރަށް ލިޔަންކިޔަން ދަތުމާއި އިންޓަރވިއު އިން ފާސްވުން. |
||||
މަޤާމަށް ބޭނުންވާ ހުނަރު:
|
|
|||
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
|
||||
ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް. 2- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 3- ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ. 4- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ. |
|||
ސުންގަޑި: |
12 ފެބްރުވަރީ 2020 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް. |
|||
ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.